ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ 2014 ގައި. ނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން މި އެއްބަސްވުމަށް ޢަމަލުކުރުން ވަނީ މަޑުޖެހިފައި. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ މިހާރު ވަނީ ފައްޓަވާފައި.
722 ދުވަސް ކުރިން - 21:37
މިކަމުގެ ސަބަބުން ރާއްޖޭގެ އިިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެ، ބައިނަލްއަޤްވާމީ ވިޔަފާރީގައި ރާއްޖޭގެ ދައުރު ފުޅާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރާކަމަށް ހީނާ ވިދާޅުވެފައިވޭ.
723 ދުވަސް ކުރިން - 20:38
ޗައިނާގެ އައިސީބީސީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 17،000 އަށް ވުރެ ގިނަ ބްރާންޗް ހިންގާ. މި ބޭޏްކު ރާއްޖެއަށް އައުމުން ވިޔަފާރި ހިންގަން ފަސޭހަވެ އިގްތިސާދު "ބޫސްޓު" ކޮށްލެވޭނެ މަގު ތަނަވަސްވާނެ. ހާއްސަކޮށް ބޭރުގެ ދަރަނިތަކަށް ލުއި ހޯދުމަށް ބޮޑު މަގެއް ކޮށައިލެވޭނެ
725 ދުވަސް ކުރިން - 12:01