
އަންނަ އަހަރު އެކުވެރި ޤައުމުތަކުން ޖުމުލަ 2.25 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭއިރު. އޭގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ލިބޭނީ އިންޑިއާއިން ކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވޭ.
588 ދުވަސް ކުރިން - 15:22

ޚަރަދު ކުޑަކުރުމުގެ ގޮތުން ސަބްސިޑީގެ ނިޒާމް ހަރުދަނާކޮށް، އާސަންދަ ނިޒާމު މުރާޖަޢާ ކުރުމާއި އެސްއޯއީތައް ރިފޯމްކުރުން ފަދަ ކަންތައްވެސް ވެސް ހިމެނޭ
588 ދުވަސް ކުރިން - 14:36

2025 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތައަށް ދަށްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ. މިއީ 2019 ވަނަ އަހަރުގެ ފަހުން އެންމެ ކުޑަ ޑެފިސިޓް.
588 ދުވަސް ކުރިން - 14:17

ޚާއްސަ 5 ހޮސްޕިޓަލް ޤާއިމްކުރުމަށް ނިންމާފައިވާއިރު، ކެންސަރު ބަލީގެ ފަރުވާއާއި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމާއި އޯގަން ޓްރާންސްޕްލާންޓް ފަދަ ޚާއްސަ ސިއްހީ ޚިދުމަތް ރާއްޖެއިން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
588 ދުވަސް ކުރިން - 14:11

ބަޖެޓުގެ ޖުމްލައަކީ 56,647,600,859ރުފިޔާ. މި ބަޖެޓުން ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާ އަދި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.8 ބިލިޔަން ރުފިޔާ.
588 ދުވަސް ކުރިން - 13:41