ލައިފް ޖެކެޓާއި ނުލައި ފުންމައިލި 130 އަށްވުރެ ގިނަ މީހުން އަދިވެސް ނުފެނޭ: އިންޑޮނޭޝިއާ

ހުސައިން އިސްމާއިލް | 9 ގަޑިއިރު ކުރިން - 21 ޖުލައި 2025 09:56
އިންޑޮނޭޝިއާ ފެރީގައި ރޯވުމުން، މީހުން ސަލާމަތްކުރުމަށް އެސަރަޙައްދުގައި އެވަގުތު މަހަށް ނުކުމެ އުޅުނު މީހުން ޙަރަކާތްތެރިވަނީ / ފޮޓޯ: އޭޕީ
އިންޑޮނޭޝިއާ ފެރީގައި ރޯވުމުން، މީހުން ސަލާމަތްކުރުމަށް އެސަރަޙައްދުގައި އެވަގުތު މަހަށް ނުކުމެ އުޅުނު މީހުން ޙަރަކާތްތެރިވަނީ / ފޮޓޯ: އޭޕީ
ޚުލާސާ

އިންޑޮނޭޝިއާގެ ފެރީއެއްގައި ރޯވެ، ސަލާމަތް ވުމަށް ކަނޑަށް ފުންމައިލި 130 އެއްހާ މީހުން އަދިވެސް ނުފެނޭ.

އިންޑޮނޭޝިއާގެ ފެރީއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ކަނޑަށް ފުންމައިލި 130 އެއްހާ މީހުން އަދިވެސް ނުފެންނަ ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ކޭއެމް ބާސެލޯނާ 5 ފެރީގައި ރޯވިއިރު އޭގައި ތިބި މީހުންގެ ޢަދަދެއް ވެސް ސާފެއް ނޫނެވެ. އިއްޔެ ޚަބަރު ލިބުނު ގޮތުގައި އޭގައި ތިބީ ގާތްގަނޑަކަށް 280 އާއި 300 އާއި ދެމެދުގެ އަދަދަކަށް ފަސިންޖަރުންނެވެ. ނަމަވެސް މިއަދު ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެ ފެރީގައި 500 އާއި 700 އާއި ދެމެދުގެ ޢަދަދަކަށް ނުވަތަ އެއަށްވުރެ ގިނަ މީހުން އެއިން ދަތުރުކުރަމުން ދިޔައެވެ. ޚަބަރުތައް ބުނާ ގޮތުގައި ކަނޑަށް ފުންމައިލި މީހުންގެ ތެރޭގައި ކުޑަކުދިންނާއި މުސްކުޅިން ވެސް ހިމެނެއެވެ. އަދި އެމީހުންގެ ތެރެއިން ގިނަ މީހުންގެ އަތުގައި ލައިފްޖެކެޓެއް ނެތެވެ.

އިންޑޮނޭޝިއާގެ މަސްވެރިންނާއި ކޯސްޓުގާޑް ޓީމުތަކުން ގުޅިގެން ކުރި މަސައްކަތުން 150 އާއި 284 އާއި ދެމެދުގެ އަދަދަކަށް މީހުން ސަލާމަތް ކުރި ކަމަށާއި މިހާތަނަށް މަދުވެގެން 5 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، އޭގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނޭ ކަމަށް އިންޑޮނޭޝިއާގެ މަސްދަރުތަކުން ބުނެއެވެ. މިހާތަނަށް ސަލާމަތް ކޮށްފައިވާ މީހުންގެ އަސްލު ޢަދަދުތަކާއި މެދު އެކި ޚަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދޭ ޢަދަދު ތަކުގައި ފުށުއެރުންތަކެއް އެބަހުއްޓެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި 580 އެއްހާ މީހުން މިހާރު ވަނީ ސަލާމަތް ކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%