Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަޔަލެންޑް ފެލޯސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވައިފި

އަޔަލެންޑް ފެލޯސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވައިފި

އާނާ ފަހީމް
326 ދުވަސް ކުރިން - 19 ޖުލައި 2025 19:38
“އަޔަލެންޑް ފެލޯސް ޕްރޮގްރާމް 2027/2026" ފެލޯޝިޕް
“އަޔަލެންޑް ފެލޯސް ޕްރޮގްރާމް 2027/2026" ފެލޯޝިޕް
ޚުލާސާ

އަޔަލެންޑް ފެލޯސް ޕްރޮގްރާމް 2026/2027ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ހުޅުވާލައި، ޝައުގުވެރިވާ ފަރާތްތަކުން 24 ޖުލައި 2025 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެޑިއުކޭޝްން މިނިސްޓްރީއިން އިލްތިމާސްކުރައްވައިފި.

އަޔަލެންޑް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އަޔަލެންޑް ފެލޯސް ޕްރޮގްރާމް 2027/2026" ފެލޯޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ރާއްޖެއަށް ލިބިއްޖެ އެވެ. މިއީ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލްކުރުމަށް ލިބުނު ފާހަގަކޮށްލެވޭ ރަނގަޅު ފުރުސަތެކެވެ.

މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ވިދާޅުވީ މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ފެލޯޝިޕް ދޭ ފަރާތް ކަމަށްވާ އަޔަލެންޑް ސަރުކާރުން ކަމަށެވެ. މީގެ މަޤްސަދަކީ ދިވެހި ދަރިވަރުންނަށް ތަރައްގީވެފައިވާ ގައުމެއްގައި ތައުލީމު ހާސިލުކޮށް، ގައުމަށް ހިދުމަތްކުރުމަށް ބޭނުންވާ ހުނަރުތަކާއި، އިލްމު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިމުވަށް ޝައުގުވެރިވާ ފަރާތްތަކުން ވަކި ވެބްސައިޓް ލިންކެއް މެދުވެރިކޮށް، 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުން ވަނީ އެދިފަ އެވެ. ފުރުސަތުގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ސަމާލުކަން ދެއްވުން މުހިންމެވެ.

Advertisement

Advertisement 1

މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންވާނެ އެވެ. މިއީ ދިވެހިރާއްޖެއަށް އެނބުރި އައުމުން ލިބޭ ސެޓްފިކެޓުގެ ގަބޫލުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކަ އެވެ.

މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނާސިންގް އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ. މިއީ ތައުލީމު ނިންމާލުމަށްފަހު ދިވެހިރާއްޖޭގައި އެދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ ހުއްދަތައް ލިބިގަތުމަށްޓަކަ އެވެ.

އަޔަލެންޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒެލެންސްކީ ދަތުރުކުރަމުން ދިޔަ ފުލައިޓަށް ޙަމަލާ ދޭން އުޅެފި

ޒެލެންސްކީ ދަތުރުކުރަމުންދިޔަ ފުލައިޓަށް ޙަމަލާ ދޭން އުޅެފި

184 ދުވަސް ކުރިން - 00:57

ފުޓްބޯޅައިން އިސްރާއީލް ސަސްޕެންޑްކުރަން އަޔަލެންޑުން ވޯޓުލައިފި

ފުޓްބޯޅައިން އިސްރާއީލް ސަސްޕެންޑްކުރަން އަޔަލެންޑުން ވޯޓުލައިފި

213 ދުވަސް ކުރިން - 10:33

ރޮނާލްޑޯގެ ސަބަބުން ތިން ޕޮއިންޓުން މަހުރޫމުވާން ދިޔަ ޕޯޗުގަލް ފަހުވަގުތު ސަލާމަތްކޮށްދިނީ ރުބެން ނެވެސް

މިފަހަރު ޕޯޗުގަލް ސަލާމަތްކޮށްދިނީ ރުބެން ނެވެސް

241 ދުވަސް ކުރިން - 08:54

ޣައްޒާ ހުސްކުރަން ޓްރަމްޕް މިހާރު ދެކޮޅު

ޣައްޒާ ހުސްކުރަން ޓްރަމްޕް މިހާރު ދެކޮޅު

454 ދުވަސް ކުރިން - 14:41