އޭޑީކޭއިން ބ. އަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފި

އަައިޝަތު ޒީނާ | 17 ގަޑިއިރު ކުރިން - 12 ޖުލައި 2025 21:00
އޭޑީކޭއިން ބ. އަތޮޅުގައި ކުރިއަށްގެންދާ މެޑިކަލް ކޭމްޕުގެ ތެރެއިން. / ފޮޓޯ: އޭޑީކޭ ސިނާޖީ
އޭޑީކޭއިން ބ. އަތޮޅުގައި ކުރިއަށްގެންދާ މެޑިކަލް ކޭމްޕުގެ ތެރެއިން. / ފޮޓޯ: އޭޑީކޭ ސިނާޖީ
ޚުލާސާ

މި މެޑިކަލް ކޭމްޕް ކުރިއަށްގެންދަނީ އޭޑީކޭ ހޮސްޕިޓަލާއި ބ. އަތޮޅު ކައުންސިލާއި އޭދަފުށި ކައުންސިލާއި، އެ އަތޮޅު ސިއްހީ ހިދުމަތްދޭ ތަންތަން ގުޅިގެން.

އޭޑީކޭ ހޮސްޕިޓަލް އާއި ބ.އަތޮޅު ކައުންސިލާއި އޭދަފުށި ކައުންސިލާއި، އެ އަތޮޅުގައި ސިއްހީ ހިދުމަތްދޭ ތަންތަން ގުޅިގެން މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.

ބ.އަތޮޅުގައި މިއަދު ފެށި މި މެޑިކަލް ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެންމެ ބަލި މީހުންނަށް އިސްކަން ދިނުމަށްޓަކައި އެޕޮއިންޓްމެންޓް ދިނުމުގެ ކުރިން ސްކްރީން ކުރެވޭނެ ކަމަށެވެ.

މި މެޑިކަލް ކޭމްޕްގައި ފަރުވާ ދެވޭ ބަލިތަކުގެ ތެރޭގައި ނަފްސާނީ ބައްޔާއި، ފުއްޕާމޭގެ ބަލި، ހަކުރު ބަލި، ހޯމޯންސް، ތައިރޮއިޑް ބައްޔާއި އާއްމު ބަލިތަކުގެ އިތުރުން ކުޑަކުދިންގެ ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ކޮންސަލްޓޭޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭޑީކޭއިން ބުންޏެވެ. އެކަމުގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ބައިވެރިވެލައްވާނެ ކަމަށް އޭޑީކޭއިން ބުންޏެވެ.

އޭޑީކޭ ސިނާޖީއިން އިސްނަގައިގެން އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން ބ. އަތޮޅުގައި މެޑިކަލް ކޭމްޕެއް މިއަދު ފަށާފައިވާއިރު، ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ފަހަކަށް އައިސް މިފަދަ މެޑިކަލް ކޭޕްތައް ރަށްރަށުގައި ކުރިއަށް ގެންދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%