އަށްމަހުގެ ތުއްތު ކުއްޖާ ނިޔާވި މައްސަލަ ބަލަނީ

އަައިޝަތު ޒީނާ | 7 ގަޑިއިރު ކުރިން - 30 ޖޫން 2025 11:28
އައިޖީއެމްއެޗު. / ފޮޓޯ: ޚުލާސާ
އައިޖީއެމްއެޗު. / ފޮޓޯ: ޚުލާސާ
ޚުލާސާ

އައިޖީއެމްއެޗުން ބުނީ ކުއްޖާގެ ބަލީގެ ޙާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން އައީ ގާތުން މޮނީޓަރކޮށް، އެވަގުތު ދެވޭނެ ފަރުވާ ދެމުން ކަމަށް.

އަށްމަހުގެ ތުއްތު ކުއްޖާ ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކުއްޖާއަށް ފަރުވާދެމުން އައި އައިޖީއެމްއެޗުން ބުނެފިއެވެ.

އެ ކުއްޖާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި އެޑިމިޓްކޮށްފައި އޮތް އިރުވެސް އެކަށީގެންވާ ފަރުވާ ނުލިބި ކަމަށާއި، އެކަމުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށް ޢާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި ކުއްޖާ އިތުރު ފަރުވާއަށް ބޭރަށް ގެންދިއުމަށް އާސަންދަވެސް ހަމަޖެހިފައިވަނީ ކުއްޖާ ނިޔާވިފަހުންކަން ފާހަގަކޮށް ޢާއިލާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ޙާދިސާއާ ގުޅޭ ގޮތުން އައިޖީއެމްއެޗުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޞިއްޙީ ފަރުދާ ދިނުމާ ބެހޭގޮތުން އެ ހޮސްޕިޓަލަށް ހުށަހެޅޭ ކޮންމެ ޝަކުވާއަކީ އަދި ބަލި މީހުންގެ ފަރާތުން ކޮންބޮޑުވުން އޮތްކަން އިނގޭ ކޮންމެ ޙާދިސާއަކީވެސް އެ ހޮސްޕިޓަލުން ސީރިއަށް ކަމެއްގެ ގޮތުގައި ބަލާ މައްސަލަތައް ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުގައި ނިޔާވި ކުއްޖާގެ ބަލީގެ ޙާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން އައީ ގާތުން މޮނީޓަރކޮށް، އެވަގުތު ދެވޭނެ ފަރުވާ ދީ، ގުޅުން ހުރި ލޭގެއާއި އެހެނިހެން ތަޙުލީލުތައް ކުރެވި އަދި ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ކަމަށެވެ. އަދި ރެކޯޑުތައް ދައްކާގޮތުން، އެ ޑިޕާޓްމަންޓުގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުޞޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައިވާކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ފަރުވާ ދިނުމުގައި ހޮސްޕިޓަލުން ޢަމަލުކުރާ ގޮތަށް ބަލާއިރު އައިސީޔޫގެ ފަރުވާ ދޭން ޖެހޭކަމަށް ޑޮކްޓަރުން ލަފާދެއްވައިފިނަމަ އެކަން ހަމަޖެއްސެވުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރާ ކަމަށާއި، ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ ޙާލަތުގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފަރ ކުރުމުގެ އިންތިޒާމްވެސް ހޮސްޕިޓަލުން ހަމަޖައްސައިދޭ ކަމަށެވެ.

ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށްވެސް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު އެހެން ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށްވެސް ގެއްލުން ވެދާނެ ފަދަ، އަދި ޞިއްޙީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫކަންކަން ކަމުގައި އައިޖީއެމްއެޗުން ފާހަގަކުރިއެވެ. އަދި މިފަދަ ބައެއް ބަލިތަކުގައި ކުއްލި ޙާލަތު ނުރައްކާވެދާނެ ފަހަރުވެސް ދިމާވެދާނެ ކަމަށް އައިޖީއެމްޗުން ފާހަގަކުރިއެވެ.

އައިޖީއެމްއެޗުން ބުނީ މިފަދަ ކޮންމެ ޙާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލުގެ އެތެރޭގެ ތަޙުޤީޤެއް ކުރެވި ޚިދުމަތާއި ފަރުވާ އިތުރަށް ރަނގަޅުކުރެވިދާނެ ގޮތްތައް ދެނެގަނެވޭ ކަމަށެވެ. އަދި މި މައްސަލައިގައިވެސް އެ ހޮސްޕިޓަލުން އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ މައްސަލައެއް ބަލާ ބެލުމުގައި ހޮސްޕިޓަލުގައި ބަލި މީހުންނާއި ޢާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވި އެކަންކަން އިސްލާހު ކުރާކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%