ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސަޢޫދީ ޕްރޯ ލީގުގެ ކްލަބް އަލް-ނަޞްރްއާއެކު ހަދާފައިވާ ކޮންޓްރެކްޓް 2027 ވަނަ އަހަރާ ހަމައަށް ދަންމާލައި، އެ ކްލަބްގައި މަޑުކުރުމަށް ނިންމާފައިވާކަން އެ ކްލަބުން މިއަދު އިއުލާންކޮށްފިއެވެ.
2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އަލް-ނަޞްރްއާ ގުޅުނު ރޮނާލްޑޯ ވަނީ އަލް-ނަޞްރަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.
މިހާތަނަށް އަލް-ނަޞްރާއެކު 111 މެޗުގައި ކުޅެ، 99 ގޯލު ކާމިޔާބުކޮށް 19 އެސިސްޓް ވަނީ ދީފައެވެ.
މީގެ އިތުރުން ކޮންޓިނެންޓަލް މުބާރާތްތަކުގައި (އޭޝިއަން ޗެމްޕިއަންސް ލީގު ފަދަ) ރޮނާލްޑޯ ވަނީ 17 މެޗުގައި ކުޅެ، 14 ގޯލާއި 2 އެސިސްޓް ހަދައިދީފައެވެ..