Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އޭއައިއައިބީގެ އެހީތެރިކަން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ލިބުނު ފަހުރެއް: ޒަމީރު

އަހްމަދު އީޒާން
477 ދުވަސް ކުރިން - 25 ޖޫން 2025 18:43
އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ބިޒްނަސް ރައުންޑްޓޭބަލްގައި މިނިސްޓަރު މޫސާ ޒަމީރު / ފޮޓޯ: ފިނޭންސް މިނިސްޓްރީ
އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ބިޒްނަސް ރައުންޑްޓޭބަލްގައި މިނިސްޓަރު މޫސާ ޒަމީރު / ފޮޓޯ: ފިނޭންސް މިނިސްޓްރީ
ޚުލާސާ

ޒަމީރު ވިދާޅުވީ އެ ބޭންކާއެކު ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް ރާއްޖެއިން އުއްމީދުކުރާ ކަމަށް.

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އެހީތެރިކަން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ލިބުނު ފަހުރެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. 

ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދާ އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން "ބިލްޑިން އޮން އަ ޑެކޭޑް އޮފް އިމްޕެކްޓް" މި މައުޟޫއަށް ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެ ބޭންކުން ވަނީ ބައިނަލްއަގްވާމީ ތަރައްގީގެ މައިދާނުގައި ހަރަކާތްތެރި އަދި އިތުބާރު ހުރި މުއައްސަސާއެއްގެ ގޮތުގައި ކުރިއަރައިފައި ކަމަށެވެ.

ދުނިޔޭގެ އާބާދީގެ 81 އިންސައްތައަށް ވުރެ ގިނަ މީހުންނާއި ދުނިޔޭގެ ޖީޑީޕީގެ 65 ޕަސެންޓް މިހާރު ހިމެނޭ މެންބާޝިޕަކާއެކު އެ ބޭންކުން ވަނީ ފައިނޭންޝިއަލް ޑިސިޕްލިން އާއި ސްޓްރެޓީޖިކް ގުޅުންތައް އަދި އެ ބޭންކުގެ މިޝަންގެ މައްޗަށް ބިނާކޮށް ވަރުގަދަ ބިންގަލެއް އަޅާފައިކަން ޒަމީރު ވިދާޅުވި އެވެ.

Advertisement

Advertisement 1

އެ ކާމިޔާބީތަކަކީ، ޒަމީރު ވިދާޅުވި ގޮތުގައި، ބަދަލުވަމުން އަންނަ ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމާއި އުފެދެމުން އަންނަ ގޮންޖެހުންތަކަށް އިޖާބަދިނުމާއި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެކަން ދައްކުވައިދޭ ކަންކަމެވެ.

ޒަމީރު ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތަކާއި ބަދަލުވަމުން އަންނަ ވިޔަފާރީގެ ގުޅުންތަކާއި ހިމާޔަތްކުރުމުގެ ސިޔާސަތުތައް އިތުރުވަމުން އަންނަ މިފަދަ ހާލަތެއްގައި ވެސް، އެ ބޭންކުން ވަނީ މަލްޓިލޭޓަރަލިޒަމަށް އޮންނަ އަޒުމުގައި ސާބިތުކަން ދަމަހައްޓާފައިވާ ކަމަށެވެ. އޭއައިއައިބީން ގާއިމުކުރި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ކޮވިޑް-19 ކްރައިސިސް ރިކަވަރީ ފެސިލިޓީ ވަނީ ގޮންޖެހުން ބޮޑު ދުވަސްވަރެއްގައި އެ ބޭންކުގެ މެންބަރު ގައުމުތަކަށް އެހީތެރިވުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ރާއްޖެއަކީ ތަރައްގީވަމުން އަންނަ އެހެން ގިނަ ކުދި ޖަޒީރާ ގައުމުތަކެކޭ އެއްފަދައިން، މޫސުމަށް އަންނަ ބަދަލުތަކުގެ ދުރު ރާސްތާގެ ނޭދެވޭ އަސަރުތަކަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާ ގައުމަކަށް ވާތީ, 2028 ވަނަ އަހަރާ ހަމައަށް ހަކަތައިގެ ބޭނުންތަކުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ބޮޑު އަމާޒެއް ކަނޑައަޅާފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ ވޭސްޓް-ޓު-އެނާޖީ ޕްރޮޖެކްޓްގައި އޭއައިއައިބީން ބައިވެރިވެފައިވާ ކަމަށާއި ޖުމްލަ 140 މިލިއަން އެމެރިކާ ޑޮލަރުގެ އެ ޕްރޮޖެކްޓަށް އެ ބޭންކުން 40 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ދިނުމަކީ، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރަހުމަތްތެރި އިންފްރާސްޓްރަކްޗާ ހައްލުތަކަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު މިހާތަނަށް 60 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކޮށްފައިވާއިރު، އޭއައިއައިބީގެ އެހީތެރިކަން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ލިބުނު ފަހުރެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި އެ ބޭންކާއެކު ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް ރާއްޖެއިން އުއްމީދުކުރާ ކަމަށެވެ.

މިނިސްޓަރު މޫސާ ޒަމީރުމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްޗައިނާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދައުލަތުގެ އާމްދަނީ 31.5 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ

ދައުލަތުގެ އާމްދަނީ 31.5 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ

2 ދުވަސް ކުރިން - 13:35

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މޫޑީސް އިން 'ސީއޭއޭ1' އަށް މަތިކޮށްފި

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މޫޑީސް އިން 'ސީއޭއޭ1' އަށް މަތިކޮށްފި

8 ދުވަސް ކުރިން - 15:47

ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

9 ދުވަސް ކުރިން - 14:02

ޗައިނާއިން ދެކުނުއިރުމަތީ އޭޝިއާގައި އަސްކަރީ މަރުކަޒެއް ހުޅުވައިފި!

ޗައިނާއިން ދެކުނުއިރުމަތީ އޭޝިއާގައި އަސްކަރީ މަރުކަޒެއް ހުޅުވައިފި!

15 ދުވަސް ކުރިން - 10:50

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

21 ދުވަސް ކުރިން - 15:25

އާޓިފިޝަލް އިންޓެލިޖެންސް އޮންނަންވާނީ އިންސާނުންގެ ކޮންޓްރޯލްގެ ދަށުގައި: ޗައިނާ ރައީސް

އާޓިފިޝަލް އިންޓެލިޖެންސް އޮންނަންވާނީ އިންސާނުންގެ ކޮންޓްރޯލްގެ ދަށުގައި: ޗައިނާ ރައީސް

21 ދުވަސް ކުރިން - 19:53