ޗައިނާގައި ޤާއިމްކޮށްފައިވާ އަންޑަރ ވޯޓަރ ޓަނަލްގައި 6 ލޭނު ހުރޭ. / ފޮޓޯ: ޗައިނަ މީޑިއާ.

ދުނިޔޭގެ އެންމެ ފުޅާ އަންޑަރ ވޯޓަރ ޓަނެލް އެންމެ 110 ދުވަހުގެތެރޭގައި ނިންމައި ޗައިނާ އިން ރެކޯޑެއް ހަދައިފިއެވެ.

ޗައިނާގެ ޝަންޑޮންގ ޕްރޮވިންސުގެ ޖިނާންގައި އޮންނަ ރީނދޫ ކޯރުގެ (Yellow River) އަޑިން ހަދާފައިވާ މި ޓަނެލް ހުޅުވާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކަމަށް ވެއެވެ.

ޗައިނާ ސަރުކާރުން ބުނާ ގޮތުގައި މި ޓަނަލަކީ ހުއަންގަންގް ރޯޑް މަޝްރޫޢުގެ ބަޔެކެވެ. މި ޓަނަލްގައި ދަތުރުކުރުމަށް މުޅިއެކު ހަ ލޭން ހުރެއެވެ އެއީ ކޮންމެ ދިމާލަކަށް ތިން ލޭނެވެ.

ޗައިނާގައި ޤާއިމްކޮށްފައިވާ އަންޑަރ ވޯޓަރ ޓަނަލް އިން ދައްކުވައިދެނީ އެ ޤައުމުގެ އިންޖިނޭރުންގެ ކޮލިޓީކަން. / ފޮޓޯ: ޗައިނާ މީޑިއާ.

މި ޓަނަލްގެ ދިގުމިނަކީ 3.29 ކިލޯމީޓަރެވެ. ފުޅާމިނަކީ 17 މީޓަރެވެ (55.8 ފޫޓު). މިއީ ޝީލްޑް ޓަނަލިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ، ދުނިޔޭގެ އެންމެ ފުޅާ އަޑީގެ މަގެވެ.

މި ޓަނެލް ބިނާކުރުމަށް 800 އެއްހާ މީހުން ބައިވެރިވި ކަމަށް ވެއެވެ.

މި ޕްރޮޖެކްޓަށް ޚަރަދުވީ ޖުމްލަ 900 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 6.5 ބިލިއަން ޔުއާން އެވެ.