Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާގެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިއްޖެ

ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާގެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިއްޖެ

އަހްމަދު އީޒާން
345 ދުވަސް ކުރިން - 21 ޖޫން 2025 16:24
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް / ފޮޓޯ: ރައީސް އޮފީސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މީރާ އިން ބުނީ ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ގިނަވީ މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުން އިތުރުވުމުން.

މިދިޔަ އަހަރު ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 2.2 ބިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިހާރު އާންމުކޮށްފައިވާ މިދިޔަ އަހަރު އަހަރީ ރިޕޯޓުގައިވާ ގޮތުގައި، ޑިޕާޗާ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް ވަނީ 1.1 ބިލިޔަން ރުފިޔާ ލިބިފަ އެވެ. އެއީ، އެ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 12.1 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ލިބޭނެ ކަމަށް މީރާއިން އަންދާޒާކޮށްފައި ވަނީ އެއް ބިލިޔަން ރުފިޔާ އެވެ.

Advertisement

Advertisement

ދައުލަތަށް 2023 ވަނަ އަހަރު ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 988 މިލިޔަން ރުފިޔާ އެވެ. އެހެންކަމުން، މިދިޔަ އަހަރު ޑިޕާޗާ ޓެކުހުން ލިބުނު އާމްދަނީއަކީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު، 15 ޕަސެންޓް އިތުރު އަދަދެކެވެ. އެ އަދަދު އިތުރުވީ މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް ގިނަވަމުންނެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް ލިބިފައި ވަނީ 1.1 ބިލިޔަން ރުފިޔާ އެވެ. އެއީ ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 14.1 ޕަސެންޓް އިތުރު އަދަދެކެވެ.

ދައުލަތަށް 2023 ވަނަ އަހަރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައި ވަނީ އެއް ބިލިޔަން ރުފިޔާ އެވެ. އެހެންކަމުން، މިދިޔަ އަހަރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީއަކީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 14.3 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

ފަތުރުވެރިކަންމީރާޓެކްސް

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

1 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

12 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

14 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

21 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

22 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

23 ގަޑިއިރު ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%