މީރާއަށް ނުލިބިހުރި 3.7 ބިލިޔަން ރުފިޔާ ހޯދައިފި

އަހްމަދު އީޒާން | 6 ގަޑިއިރު ކުރިން - 16 ޖޫން 2025 14:25
މީރާގެ އޮފީސް ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
މީރާގެ އޮފީސް ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

މީރާއިން މިހާރު އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި, މިދިޔަ އަހަރު ފައިސާ ދެއްކުމަށް އަންގައި 36،843 ފަރާތަކަށް ނޯޓިސް ފޮނުވާފައިވޭ.

ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެޅި އެކި ފިޔަވަޅުތަކާ އެކު، މިދިޔަ އަހަރު 3.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން މިހާރު އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު ފައިސާ ދެއްކުމަށް އަންގައި 36،843 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެ އެވެ. އޭގެ ތެރެއިން 8،139 ފަރާތަކުން ނޯޓިސްއާ އެއްގޮތަށް އަމަލުކޮށްފައިވެ އެވެ.

ދައުލަތަށް ޓެކްސާއި އެ ނޫން ގޮތްގޮތުން ވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބިހުރި އިރު، އެ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރުކޮށްފައިވާ ކަމަށް މީރާގެ ރިޕޯޓުގައިވެ އެވެ.

މީރާއިން ކުރި މަސައްކަތުން ދައުލަތަށް ނުލިބިހުރި 3.76 ބިލިޔަން ރުފިޔާ ވަނީ ހޯދިފަ އެވެ.

އެ ފައިސާ ހޯދުމަށް މީރާއިން ތަންފީޒީ މައިގަނޑު ހަފިޔަވަޅެއް އަޅާފައިވެ އެވެ. އެއީ، ނޯޓިސް ފޮނުވުން، ޑިއުޒް ކްލިއަރެންސް، ނަން ހާމަކުރުން، ބޭންކް އެކައުންޓް ފްރީޒްކުރުން، ގާނޫނީ ފިޔަވަޅު އެޅުން އަދި ރިމައިންޑާ އާއި އީމެއިލް ފޮނުވުމެވެ. އެ ފިޔަވަޅުތައް ޖުމްލަ 18،969 ފަރާތަކަށް އަޅާފައިވެ އެވެ.

މީރާއިން ބުނީ ތަންފީޒީ ފިޔަވަޅުތައް ހަރުދަނާކުރުމާ އެކު، ދައުލަތައް ދައްކަން ޖެހޭ ޓެކްސާއި ޓެކްސް ނޫން ފައިސާ ހޯދުމަށް ކުރާ މަސައްކަތަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%