Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތެލުގެ އަގު މައްޗަށް: ރާއްޖެއަށް އަސަރުކުރުން ގާތް!

ތެލުގެ އަގު މައްޗަށް: ރާއްޖެއަށް އަސަރުކުރުން ގާތް!

އާނާ ފަހީމް
396 ދުވަސް ކުރިން - 16 ޖޫން 2025 11:40
ފިޔުލް ސަޕްލައި މޯލްޑިވްސް/ ފޮޓޯ: އެޑިޝަން އެމްވީ
ފިޔުލް ސަޕްލައި މޯލްޑިވްސް/ ފޮޓޯ: އެޑިޝަން އެމްވީ
ޚުލާސާ

އީރާނުގެ ތެލާއި ގޭސް އުފައްދާ އަދި ރައްކާކުރާ ރިފައިނަރީތަކާއި ކާރުޚާނާތަކަށް ޔަހޫދީން ދެމުންދާ ހަމަލާތަކާ ގުޅިގެން ތެލުގެ އަގު މިހާރުވެސް ވަނީ ނުވައިންސައްތަ އަށް މައްޗަށް ގޮސްފަ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ގޮސްފިއެވެ. މިކަން މިހެން ދިމާވީ އީރާނުގެ ތެލާއި ގޭހުގެ ފެސިލިޓީތަކަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދެމުންދާ ހަމަލާތަކާއި ގުޅިގެންނެވެ.

ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވުމާއެކު، ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް އަބަދުވެސް ކުރެއެވެ. ޚާއްޞަކޮށް ތެލާއި ގޭހަކީ ރާއްޖެއިން ބޭރުން އިމްޕޯޓްކުރަންޖެހޭ މުހިންމު ބާވަތްތަކެވެ.

އީރާނުގެ ތެލާއި ގޭސް އުފައްދާ އަދި ރައްކާކުރާ ރިފައިނަރީތަކާއި ކާރުޚާނާތަކަށް ޔަހޫދީން ދެމުންދާ ހަމަލާތަކާ ގުޅިގެން ތެލުގެ އަގު މިހާރުވެސް ވަނީ 9 އިންސައްތަ އަށް މައްޗަށް ގޮސްފައެވެ. މި ހަމަލާތައް ދެމިގެންދާނަމަ ތެލުގެ އަގު އިތުރަށް މައްޗަށް ދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

Advertisement

Advertisement 1

ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ ސަރުކާރުގެ ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން މަސައްކަތްކުރަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކު ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ ގޮތަށް ހެޔޮ އަގުގައި ތެލާއި ޑީސަލް ވިއްކުމަށެވެ. މިގޮތުން ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ފިއުލް ސަބްސިޑީއަށެވެ.

އެސްޓީއޯއިން މިދިޔަ އަހަރު ވަނީ ތެލުގެ އަގު ތިން ފަހަރެއްގެ މަތިން ހެޔޮކޮށްފައެވެ. އެންމެ ފަހުން ޕެޓްރޯލްގެ އަގު ހެޔޮކޮށްފައިވަނީ މިއަހަރުގެ މާރޗް 23 ގައި 13.50 ރުފިޔާއަށެވެ. އަދި ޑީސަލްގެ އަގު އެންމެ ފަހުން ހެޔޮކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި 27 ގައި 13.92 ރުފިޔާއަށެވެ.

އެހެންނަމަވެސް، އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ބަދަލު އަންނާނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރާއިރު، އީރާނުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑްގައި ކުރިއަށްދާ ބައެއް މަސައްކަތްތައްވެސް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ރާއްޖެއަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށްވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ފުރަތަމަ ކުރާނެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ސަބަބަކީ ރާއްޖެއަކީ މާބޮޑު ތެލުގެ ރިޒާވްއެއް އޮތް ޤައުމަކަށް ނުވުމެވެ.

ކަޅު ތެޔޮއެފްއެސްއެމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

4 ދުވަސް ކުރިން - 13:26

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

7 ދުވަސް ކުރިން - 16:38

ވިލިމާލޭގެ ތެލުގެ ދަތިކަމަށް ހައްލެއް: އެފް.އެސް.އެމްގެ އައު ފިއުލް ސްޓޭޝަންގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި އެފް.އެސް.އެމް އިން ގާއިމުކުރާ ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

41 ދުވަސް ކުރިން - 15:48

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތްދޭން ފަށައިފި

52 ދުވަސް ކުރިން - 12:08

ދ. ކުޑަހުވަދޫގައި އެފްއެސްއެމްގެ އައު ފިއުލް ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށައިފި

ކުޑަހުވަދޫގައި އެފްއެސްއެމްގެ އައު ފިއުލް ޝެޑެއް ހުޅުވައިފި

87 ދުވަސް ކުރިން - 00:45

ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއެކު ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލް އަގު ބޮޑުވެއްޖެ

ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލް އަގު ބޮޑުވެއްޖެ

134 ދުވަސް ކުރިން - 15:00