މެންޗެސްޓާ ސިޓީއަށް ރެއިންޑާސް ސޮއިކުރަނީ

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 4 ޖޫން 2025 23:41
ޓިޖާނީ ރެއިންޑާސް
ޓިޖާނީ ރެއިންޑާސް
ޚުލާސާ

މެންޗެސްޓާ ސިޓީން އަމާޒުކުރަނީ ޖޫން 14 ގައި ފެށޭ ކްލަބް ވޯލްޑް ކަޕަށް ރެއިންޑާސްގެ އެއްބަސްވުމުގެ އެންމެހާ ކަމެއް ނިންމާލުމަށް.

އޭސީ މިލާނަށް ކުޅޭ ނެދަލޭންޑްސްގެ މިޑްފީލްޑަރު ޓިޖާނީ ރެއިންޑާސް 55 މިލިއަން ޔޫރޯއަށް މެންޗެސްޓާ ސިޓީއަށް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

26 އަހަރުގެ ރެއިންޑާސް މެންޗެސްޓާ ސިޓީއާއެކު އަމިއްލަ ޝަރުތުތަކަށް އެއްބަސްވުމަށްފަހު، އެ ކްލަބާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ވެއެވެ. މި އެއްބަސްވުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވެއްޖެނަމަ އިތުރު ފައިސާ ދެއްކުމަށް ވެސް ހިމެނިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މެންޗެސްޓާ ސިޓީން އަމާޒުކުރަނީ ޖޫން 14 ގައި ފެށޭ ކްލަބް ވޯލްޑް ކަޕަށް ރެއިންޑާސްގެ އެއްބަސްވުމުގެ އެންމެހާ ކަމެއް ނިންމާލުމަށެވެ. މި ޓްރާންސްފާއިން ސިޓީގެ މެދުތެރެ ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. ސިޓީގެ މެދުތެރެއަށް ކުޅޭ މަޓިއޯ ކޮވެސިޗްގެ ސަޖަރީއާ ގުޅިގެން އޭނާ އަށް އެމެރިކާގައި ބޭއްވޭ 32 ޓީމުގެ އެ މުބާރާތުގައި ބައިވެރިނުވެވޭނެ ކަމަށް ވެއެވެ.

މީގެ އިތުރުން، މިޑްފީލްޑަރު ކެވިން ޑި ބްރައިނާ ވެސް މި މުބާރާތުގައި ބައިވެރިނުވާނެ ކަމަށް ބެލެވެއެވެ. އޭނާ އެ މުބާރާތުގެ ކުރިން ސެރީ އޭ ޗެމްޕިއަންސް ނަޕޯލީއަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނެދަލޭންޑްސްގެ ގައުމީ ޓީމަށް 22 ފަހަރު ކުޅެފައިވާ ރެއިންޑާސް މިދިޔަ ސީޒަންގައި މިލާނަށް އެކި މުބާރާތްތަކުގައި ކުޅުނު 54 މެޗުގައި 15 ލަނޑު ޖަހާފައިވެއެވެ. އަދި އެއާއެކު ސެރީ އޭގެ ސީޒަންގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު އޭނާ ހޯދާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%