ސައޫދީއާއި ޤަޠަރުން ސީރިއާ ސަރުކާރުގެ މުވައްޒަފުންގެ މުސާރަދެނީ

ޖަވާދު | 75 ދުވަސް ކުރިން - 1 ޖޫން 2025 13:21
ސައުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު ސީރިއާގެ ދިމިޝްގުގައި އިއްޔެ (2025 މެއި 31) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. / ފޮޓޯ: ރޮއިޓާސް
ސައުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު ސީރިއާގެ ދިމިޝްގުގައި އިއްޔެ (2025 މެއި 31) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ސައުދީ އަރަބިއްޔާ އާއި ޤަތަރުން ވަނީ ސީރިއާއިން ވޯލްޑް ބޭންކަށް ދައްކަންޖެހޭ 15 މިލިއަން ޑޮލަރުގެ ދަރަނި ވެސް ދައްކައިދީފަ.

ސީރިއާގެ ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާ އާއި ޤަތަރުން އިއުލާނުކޮށްފިއެވެ. އިއްޔެ ދިމިޝްގުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދީ އަރަބިއްޔާގެ ބޭރު ކަންތައްތަކުގެ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައޫދު ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

މި އެހީގެ ދަށުން ދޭނީ ސީދާ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ޤަތަރުން ވަނީ ސީރިއާގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ދިނުމަށް މަހަކު 29 މިލިއަން ޑޮލަރު، ތިން މަސް ދުވަހުގެ މުއްދަތަށް ދޭނެކަމަށް ބުނެފައެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ޤަތަރުން ވަނީ ސީރިއާއިން ވޯލްޑް ބޭންކަށް ދައްކަންޖެހޭ 15 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިދީފައެވެ.

ސީރިއާގެ ވަގުތީ ސަރުކާރުގެ ރައީސް އަހުމަދު އަލް-ޝަރާ ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ 400 އިންސައްތަ އިތުރުކުރާނެކަމަށް ބުނެފައެވެ. މިގޮތަށް މުސާރަ އިތުރުކުރުމުން މަހަކު ގާތްގަނޑަކަށް 127 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ. މި ފައިސާ ހޯދާނީ ސަރުކާރުގެ ވަސީލަތްތަކުންނާއި، ސަރަހައްދީ އެހީތަކުންނާއި އަދި ބޭރު ގައުމުތަކުގައި ހުރި ސީރިއާގެ އެސެޓްތައް ދޫކުރުވުމަށް މަސައްކަތްކޮށްގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%