Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެންޗެސްޓާ ޔުނައިޓެޑް މެލޭޝިއާގައި ބަލިވުމާއެކު ފާޑުކިޔުންތަކާއި ކުރިމަތިވެއްޖެ

މެންޗެސްޓާ ޔުނައިޓެޑް މެލޭޝިއާގައި ބަލިވުމާއެކު ފާޑުކިޔުންތަކާއި ކުރިމަތިވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
468 ދުވަސް ކުރިން - 29 މެއި 2025 11:45
މެންޗެސްޓާ ޔުނައިޓެޑް އާސިއާން އޯލް ސްޓާސްއާ ދެކޮޅަށް މެލޭޝިއާގައި ކުޅުނު މެޗު
މެންޗެސްޓާ ޔުނައިޓެޑް އާސިއާން އޯލް ސްޓާސްއާ ދެކޮޅަށް މެލޭޝިއާގައި ކުޅުނު މެޗު
ޚުލާސާ

މި މެޗުގައި ޔުނައިޓެޑްގެ ކޯޗު ރުބެން އަމިރޮމް ގަވާއިދުން ކުޅުންތެރިން ބަދަލުކުރަމުން ދިޔަ ނަމަވެސް، ވިދިވިދިގެން ލިބުނު ފުރުޞަތުތައް ބޭނުންކުރުމުގައި ނާކާމިޔާބުވި.

އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް އާސިއާން އޯލް ސްޓާސްއާ ދެކޮޅަށް މެލޭޝިއާގައި ކުޅުނު މެޗުން 0-1 އިން ބަލިވުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކާއި ކުރިމަތިވެއްޖެއެވެ. މި މެޗު ކުޅުނީ ބުރާސްފަތި ދުވަހު ކުއާލަލަމްޕޫރުގެ ބުކިޓް ޖަލިލް ސްޓޭޑިއަމްގައެވެ.

ޕްރިމިއާ ލީގުގައި ދަށް ނަތީޖާއެއް ނެރުމަށްފަހު، ލީގު ކެމްޕެއިން ނިންމާލައި 6،600 މޭލުގެ ދުރު ދަތުރެއްކޮށް މެލޭޝިއާއަށް ދިޔަ ޔުނައިޓެޑަށް މި މެޗުން ވެސް ކާމިޔާބީއެއް ނުލިބުނެވެ. މި މެޗުގައި ޔުނައިޓެޑުން ގޯލް ޖެހުމުގައި ދިމާވެފައިވާ ދަތިތައް ފެނިގެން ދިޔައެވެ.

30 ޑިގްރީ ސެލްސިއަސްގެ ހޫނު މޫސުމެއްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑްގެ ކޯޗު ރުބެން އަމިރޮމް ގަވާއިދުން ކުޅުންތެރިން ބަދަލުކުރަމުން ދިޔަ ނަމަވެސް، ވިދިވިދިގެން ލިބުނު ފުރުޞަތުތައް ބޭނުންކުރުމުގައި ނާކާމިޔާބުވިއެވެ.

Advertisement

Advertisement 1

މެޗުގެ ހަމައެކަނި ލަނޑު ޖެހީޖެހީ މިޔަންމާގެ ވިންގަރު މައުންގް މައުންގް ލްވިންއެވެ. އޭނާ މި ލަނޑު ޖެހީ ދެވަނަ ހާފުގައި 72،550 މީހުންގެ ކުރިމަތީގައެވެ. މިއީ 2009 އިން ފެށިގެން ޔުނައިޓެޑް ފުރަތަމަ ފަހަރަށް މެލޭޝިއާއަށް ކުރި ޒިޔާރަތެވެ.

މި މެޗު ބަލަން 260 ޕައުންޑަށް ވުރެ ބޮޑު އަގު ދީފައިވާ ގިނަ އަދަދެއްގެ ޔުނައިޓެޑް ސަޕޯޓަރުން ވަނީ މެޗު ނިމުމުން ޓީމަށް ފާޑުކިޔާފައެވެ. ޔުނައިޓެޑް މިދިޔަ ޕްރިމިއާ ލީގު ސީީޒަން ނިންމާލީ 42 ޕޮއިންޓާއެކު 15 ވަނައިގައެވެ. މިއީ 1974 ވަނަ އަހަރު ރެލިގޭޓްވި ސީޒަނުން ފެށިގެން ކްލަބުގެ އެންމެ ދަށް ސީޒަން ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ޔުނައިޓެޑް ވަނީ ބިލްބާއޯގައި ކުޅުނު ޔޫރަޕާ ލީގު ފައިނަލްގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ 1-0 އިން ބަލިވެފައެވެ. މި ހުރިހާ ކަމަކާއި ގުޅިގެން ޔުނައިޓެޑްގެ ސަޕޯޓަރުން ދަނީ ޓީމުގެ ކުޅުމާއިމެދު ހިތްހަމަނުޖެހި ފާޑުކިޔަމުންނެވެ.

މެންޗެސްޓަރ ސިޓީ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

9 ގަޑިއިރު ކުރިން - 09:54

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

17 ދުވަސް ކުރިން - 15:31

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

71 ދުވަސް ކުރިން - 23:04

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

107 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

107 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

109 ދުވަސް ކުރިން - 23:13

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%