2000 އަހަރުތަކުގައި މަޤްބޫލުވި ހާރުދަން ވާދެމުން އަލުން އާލާކުރަނީ

އާނާ ފަހީމް | 18 ދުވަސް ކުރިން - 28 މޭ 2025 14:02
ރޮކް-ޒީ އިން ހުޅުމާލޭގައި ވާދެމުމުގެ މުބާރާތެއް.
ރޮކް-ޒީ އިން ހުޅުމާލޭގައި ވާދެމުމުގެ މުބާރާތެއް.
ޚުލާސާ

ރޮކް-ޒީން ބުނީ މުބާރާތް ފެށުމަށް ހަމަޖެމަޖެހިފައިވަނީ ޖޫން މަހުގެ 7 ވަނަ ދުވަހު. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރަށްރަށުގެ ނަމުގައި ވާދަކުރާ ޓީމުތަކަށާއި، ކްލަބްތަކަށް.

2000 ވަނަ އަހަރުތަކުގައި ދިވެހިންގެ މެދުގައި އެންމެ މަޤްބޫލު އެއް ކުޅިވަރުގެ ގޮތުގައި ފާހަގަކުރެވުނު ހާރުދަން ވާދެމުމުގެ މުބާރާތެއް އަލުން ބޭއްވުމަށް ރޮކްޒީން ވަނީ އިޢުލާން ކޮށްފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަޟްހާ އީދުގެ މުނާސަބަތުގައި ހުޅުމާލޭގައެވެ.

ފިޝާވިން/ރޮކްޒީގެ ރައީސް މަޢުލޫމާތު ދެއްވި ގޮތުގައި، "ވާދެމުމަކީ ދިވެހިންގެ ލެޔާއި ޖޯޝު ކައްކުވާލަދިން ކުޅިވަރެއް" ކަމަށާއި، އަލުން އަނބުރާ އެ ކުޅިވަރު އެ ފޯރީގައި ކުރިއަށް ގެންދިއުމަކީ އެފަރާތުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެމަޖެހިފައިވަނީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރަށްރަށުގެ ނަމުގައި ވާދަކުރާ ޓީމުތަކަށާއި، ކްލަބް ޖަމްޢިއްޔާތަކަށެވެ. ކޮންމެ ޓީމެއްގައިވެސް 10 ކުޅުންތެރިންނާއި 4 އޮފިޝަލުން ހިމެނޭނެއެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މެޗުތައް ކުޅެވޭނީ ކޮންމެ ރެއަކު 8:00 އިން 12:00 އަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%