Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔަމާލްގެ ޓްރާންސްފަރ ފީ 1 ބިލިއަން ޑޮލަރަށް އަރައިފި

ޔަމާލްގެ ޓްރާންސްފަރ ފީ 1 ބިލިއަން ޑޮލަރަށް އަރައިފި

އުސްތާޛް މުޙައްމަދު ޢަލީ
424 ދުވަސް ކުރިން - 28 މެއި 2025 08:28
ޔަމާލް، ކޮޕާ ޑެލް ރޭގެ ތަށި ހިފައިގެން: އޭނާ ވަނީ ބާސެލޯނާއާއެކު ލަ ލީގާގެ ޗެމްޕިއަންކަމާއި ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަންވެސް ހޯދާފަ. / ފޮޓޯ: އަލްޖަޒީރާ
ޔަމާލް، ކޮޕާ ޑެލް ރޭގެ ތަށި ހިފައިގެން: އޭނާ ވަނީ ބާސެލޯނާއާއެކު ލަ ލީގާގެ ޗެމްޕިއަންކަމާއި ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަންވެސް ހޯދާފަ. / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

މިއީ ސްޕެނިޝް ލަ ލީގާއިން ޓްރާންސްފަރ ފީގެ ގޮތުގައި ކުޅުންތެރިއެއްގެ އެގްރިމެންޓުގައި ހިމެނޭނެ އެންމެ ބޮޑު އަދަދުކަމަށް ކަނޑައަޅާފައިވާ މިންވަރު.

ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް އެ ކުލަބާއެކު އައު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މީޑިއާ ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ލަމީން ޔަމާލް ވިއްކާލުމަށް ކަނޑައަޅާފައިވާ ޓްރާންސްފަރ ފީއަކީ އެއް ބިލިއަން އެމެރިކާ ޑޮލަރެވެ.

އުމުރުން 17 އަހަރުގެ ލަމީން ޔަމާލް ބާސެލޯނާއާއެކު ސޮއިކުރި މި އެއްބަސްވުމުގެ މުއްދަތަކީ 6 އަހަރު ދުވަހެވެ. މިއާއެކު އޭނާ އެ ކްލަބުގައި 2031 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ. މި އެއްބަސްވުމުގެ މުއްދަތުގައި އޭނާ ގަންނަން އެހެން ކްލަބަކުން ބޭނުންވެއްޖެނަމަ، ޓްރާންސްފަރ ފީގެ ގޮތުގައި އެއް ބިލިއަން އެމެރިކާ ޑޮލަރު ބާސެލޯނާއަށް ދޭންޖެހޭނެއެވެ. މިއީ ސްޕެނިޝް ލަ ލީގާއިން ޓްރާންސްފަރ ފީގެ ގޮތުގައި ކުޅުންތެރިއެއްގެ އެގްރިމެންޓުގައި ހިމެނޭނެ އެންމެ ބޮޑު އަދަދުކަމަށް ކަނޑައަޅާފައިވާ މިންވަރެވެ.

2023 ވަނަ އަހަރު އެންމެ 15 އަހަރުގައި ބާސެލޯނާއަށް ފުރަތަމަ ކުޅެން ފެށި ލަމީން ޔަމާލް ވަނީ މި ސީޒަނުގައި އެ ކްލަބަށް ކުޅެދިން 55 މެޗުގައި 18 ލަނޑު ޖަހައި 25 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. އޭނާ ވަނީ ބާސެލޯނާއާއެކު ލަ ލީގާގެ ޗެމްޕިއަންކަމުގެ އިތުރުން ސްޕެނިޝް ސުޕަރ ކަޕް އަދި ކޮޕާ ޑެލް ރޭގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

Advertisement

Advertisement 1

ބާސެލޯނާއަށް މިހާތަނަށް ކުޅެދިން 115 މެޗުގައި ޖުމްލަ 25 ލަނޑު ލަމީން ޔަމާލް ޖަހައިދީފައިވާއިރު، އޭނާ ވެފައިވަނީ ލަ ލީގާގެ އިތުރުން ސްޕެނިޝް ސުޕަރ ކަޕާއި ކޮޕާ ޑެލް ރޭގައި ބާސެލޯނާއަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި އަންނަ ޖުލައި މަހު 18 އަހަރު ފުރޭ ލަމީން ޔަމާލް ވެފައިވަނީ ބާސެލޯނާއަށް 100 މެޗު ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެސް މެއެވެ.

ލަމީން ޔަމާލް ވަނީ ސްޕެއިންގެ ގައުމީ ޓީމަށް މިހާތަނަށް 19 މެޗު ކުޅެދީ، ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން އިން ހޯދިއިރު އެ ޓީމުގައި ހިމެނިފައެވެ.

ބާސެލޯނާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދިން އާޖެންޓީނާގެ ލިއޮނެލް މެސީ ހޯދިފަދަ ކާމިޔާބީތަކެއް ބާސެލޯނާއާއެކު ލަމީން ޔަމާލް ހޯދާނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ބާސެލޯނާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގެޓާފޭ ބަލިކޮށް ބާސެލޯނާއިން ލީގު ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި

ބާސެލޯނާއިން 11 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ ކުރީގައި

91 ދުވަސް ކުރިން - 23:44

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

94 ދުވަސް ކުރިން - 08:43

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހި، އަނެއްކާވެސް ހިތްދަތި ނިމުމެއް

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހިއްޖެ

102 ދުވަސް ކުރިން - 10:57

ރަޔޯ ވަޔެކާނޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

125 ދުވަސް ކުރިން - 00:11

ބާސެލޯނާއިން ނިއުކާސަލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

129 ދުވަސް ކުރިން - 05:27

ރަފިންހާގެ ހެޓްރިކާއެކު ސެވިއްޔާ ބަލިކޮށް ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރަފިންހާގެ ހެޓްރިކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި

131 ދުވަސް ކުރިން - 15:08