Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްކޮޑް ކުޑަ ކުރަން ބުނެ ސިޓީގެ ވެރިންނަށް ގާޑިއޯލާގެ އިންޒާރެއް

ސްކޮޑް ކުޑަ ކުރަން ބުނެ ސިޓީގެ ވެރިންނަށް ގާޑިއޯލާގެ އިންޒާރެއް

އުސްތާޛް މުޙައްމަދު ޢަލީ
468 ދުވަސް ކުރިން - 21 މެއި 2025 09:03
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އޭނާގެ ކުލަބަށް މި ސީޒަނުގައި އެންމެ ތައްޓެއް ވެސް ނުލިބޭ.
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އޭނާގެ ކުލަބަށް މި ސީޒަނުގައި އެންމެ ތައްޓެއް ވެސް ނުލިބޭ.
ޚުލާސާ

ގާޑިއޯލާ ބުނީ ސްކޮޑް ކުޑަނުކޮށްފިނަމަ ޓީމު ދޫކޮށްލާނެ ކަމަށް.

ކުރިއަށް އޮތް ސީޒަނުގައި މެންޗެސްޓަރ ސިޓީގެ ސްކޮޑް ކުޑަނުކޮށްފިނަމަ އެ ޓީމު ދޫކޮށްލާނެ ކަމަށް ބުނެ ކްލަބުގެ ވެރިންނަށް، މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިންޒާރު ދީފިއެވެ. މިހެން ގާޑިއޯލާ ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ. ރޭގެ މެޗު ސިޓީން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ.

ގާޑިއޯލާ ބުނީ ކޮންމެ މެޗަކަށް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނުލާ ނިކުތުމަކީ ދެރަވާ ކަމެއް ކަމަށާއި، ސްކޮޑު ކުޑަ ނުކުރާނަމަ ޓީމުގައި މަޑު ނުކުރާނެކަމަށް ކްލަބަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

އޭނާ ބުނީ ކޯޗެއްގެ ގޮތުގައި 24 ކުޅުންތެރިން ޓްރެއިން ކޮށްފައި ހަތަރު ކުޅުންތެރިން މެޗު ބަލާކަށް ގޭގައި ނުބޭތިއްބޭނެ ކަމަށާއި މިއީ މިކަން ވާން ޖެހޭ ގޮތެއް ނޫނެވެ.

Advertisement

Advertisement 1

ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ މުހިންމު ބައެއް ކުޅުންތެރިންނަށް ފުރުސަތު ލިބިފައެއް ނުވެއެވެ. އޭގެ ތެރޭގައި ކުސަނޯވް، ސަވީނިއޯ، ޖޭމްސް މެކްއާޓީ، އެޗެވޭރީ އަދި ރިކޯ ލެވިސް ހިމެނެއެވެ.

މި ސީޒަނުގައި ސިޓީއަށް ކުރިމަތިވި އަނިޔާގެ ގިނަ މައްސަލަތަކާ ގުޅިގެން މިދިޔަ ޖެނުއަރީ މަހު ހަތަރު ކުޅުންތެރިން ހޯދުމަށް 200 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވެއެވެ. ނަމަވެސް ކުރިއަށް އޮތް ޓްރާންސްފަރ ބާޒާރުގައި ސިޓީން ގިނަ ކުޅުންތެރިންތަކެއް ވިއްކާލާނެތޯ އެހުމުން ގާޑިއޯލާ ބުނެފައިވަނީ އެއީ ކްލަބުގެ ނިންމުމެއް ކަމަށާއި އޭނާ ބޭނުންވާ ގޮތް ކްލަބަށް އަންގާފައިވާނެ ކަމަށެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޖެހިޖެހިގެން ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ސިޓީއަށް މި ސީޒަނުގައި އަދި އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ސިޓީ އަށް ރޭ ލިބުނު 3 ޕޮއިންޓާއެކު ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 68 ޕޮއިންޓާއެކު ތާވަލުގެ 3 ވަނަ މަޤާމް ލިބިފައެވެ.

ގާޑިއޯލާމެންޗެސްޓަރ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

9 ދުވަސް ކުރިން - 15:31

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

64 ދުވަސް ކުރިން - 23:04

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

99 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

99 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

102 ދުވަސް ކުރިން - 23:13

ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

110 ދުވަސް ކުރިން - 12:32