ޔޫކޭ އާއި ފުރާންސާއި ކެނެޑާއިން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުދީފި

ޖަވާދު | 2 ދުވަސް ކުރިން - 20 މޭ 2025 11:11
ބާރުގަދަ ތިން ޤައުމަކުން އިސްރާއީލާއި ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ދީފި / ފޮޓޯ: ރޮއިޓާސް
ބާރުގަދަ ތިން ޤައުމަކުން އިސްރާއީލާއި ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ދީފި / ފޮޓޯ: ރޮއިޓާސް
ޚުލާސާ

އިސްރާއީލުން މިހާރު ހިންގަމުންދާ ޢަމަލުތައް ހުއްޓާލައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ނުދީފިނަމަ، ޑިޕްލޮމެޓިކް އަދި އިގްތިސާދީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބާރުގަދަ ތިންގައުމަކުން އިންޒާރު ދީފައިވޭ.

ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، ޖަރީމާތައް ކުރިޔަސްގެންދާނަމަ އިސްރާއީލާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނެ ކަމަށް ޔުނައިޓެޑް ކިންގްޑަމް، ފްރާންސް އަދި ކެނެޑާ އިން އިސްރާއީލަށް ހަރުކަށި އިންޒާރެއް ދީފިއެވެ.

މި ތިން ގައުމުން އެކުގައި ނެރުނު ބަޔާނުގައި އިސްރާއީލުގެ ސިފައިން ޣައްޒާގައި ހިންގަމުންދާ ޢަމަލުތަކަކީ "ނުރައްކާތެރި އަދި ހަރުކަށި" ޢަމަލުތަކެއް ކަމަށް ބުނެފައިވެއެވެ. އަދި އިސްރާއީލުން މި ޢަމަލުތައް ހުއްޓާލައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ނުދީފިނަމަ، ޑިޕްލޮމެޓިކް އަދި އިގްތިސާދީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އިންޒާރު ދީފައިވެއެވެ.

ޔޫކޭގެ ބޮޑުވަޒީރު ކީރ ސްޓާމަރ، ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އިސްރާއީލަށް ގޮވާލާފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، އާންމު ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށެވެ. މަސްދަރުތަކުން ބުނާ ގޮތުގައި އެ ބޭފުޅުން ފާހަގަކޮށްފައިވަނީ ޣައްޒާގެ އިންސާނީ ޙާލަތު ދަށަށް ދާކަމާއި، މި ހަނގުރާމަވެރި ޢަމަލުތައް ދެމިގެންދާނަމަ، އިސްރާއީލާއި މި ޤައުމުތަކާ ދެމެދު އޮތް ގުޅުން ގޯސްވެދާނެ ކަމަށެވެ.

"ޣައްޒާގައި މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ދެން ބަލައިގަނެވޭނެ ހާލަތެއް ނޫން،" މި ބަޔާނުގައި ބުނެފައިވެއެވެ. "އިސްރާއީލުން މިހާރުން މިހާރަށް މި ޢަމަލުތައް ހުއްޓާނުލައިފިނަމަ، އިތުރު ފިޔަވަޅުތަކެއް އަޅަން ތައްޔާރަށް ތިބީމެވެ."

މި އެކުވެރި ޤައުމުތަކުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ އިސްރާއީލުން ރަފާގައި ފަހަކަށް އައިސް ހިންގި ޢަމަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ އާންމުން މަރުވެ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާތީ، ދުނިޔޭގެ އެކި ޤައުމުތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އަދި މީގެ އިތުރުން، ވެސްޓް ބޭންކުގައި އިސްރާއީލުން ތަންތަން ހިފައި އާބާދީ އިތުރުކުރަމުންދާދިޔުމާއި މެދުވެސް މި ތިން ޤައުމުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%