Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާލޭ ނޯތު ހާބަރުގައި ގެނބުނު މީހާ ވެންޓިލޭޓަރުގައި

މާލޭ ނޯތު ހާބަރުގައި ގެނބުނު މީހާ ވެންޓިލޭޓަރުގައި

އުސްތާޛް މުޙައްމަދު ޢަލީ
388 ދުވަސް ކުރިން - 19 މެއި 2025 14:04
ގެނބުނު މީހާ އަޑިން ނަގައި އެއްގަމަށް އަރުވަނީ / ފޮޓޯ: ސޯޝަލްމީޑިއާ
ގެނބުނު މީހާ އަޑިން ނަގައި އެއްގަމަށް އަރުވަނީ / ފޮޓޯ: ސޯޝަލްމީޑިއާ
ޚުލާސާ

ފަތާފައި ގޮސް އެމީހާ މޫދުން ނެގީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ކުރީގެ ރައީސް އަބްދުއްﷲ އަރީފް (ފުކޫ).

މާލޭ ނޯތު ހާބަރު ސަރަހައްދުގައި އިއްޔެ އޮޔާދަނިކޮށް ސަލާމަތްކުރި މީހާއަށް މިހާރު ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.

އިއްޔެ މެންދުރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ގެނބުނީ ދިވެހި ފިރިހެނެކެވެ. އައިޖީއެމްއެޗުމް ބުނެފައިވާ ގޮތުގައި އެ މީހާއަށް މިހާރު ފަރުވާދެމުން ދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި ގެނބުނު މީހާ ސަލާމަތްކޮށްދިނީ ނޯތު ހާބަރުގައި އޮތް ދޯންޏަކުން އެއްޗެއް ނަގަން ދިޔަ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ކުރީގެ ރައީސް އަބްދުއްﷲ އަރީފް (ފުކޫ) އެވެ.

Advertisement

Advertisement 1

ފުކޫ ބުނެފައިވާ ގޮތުގައި އެ މަންޒަރު ފެނުމާއެކު އެއީ ފަތަން ނޭނގޭ މީހެއްކަން އޭނާއަށް އެނގުނެވެ. އަދި އެ މީހާގެ ހަރަކާތްތަކުން އޭނާ ގެނބެމުންދާކަން ވެސް ފާހަގަކުރެވުނު ކަމަށާއި، އޭނާ ފަތާފައި ގޮސް އެ މީހާއާ ހަމައަށް އެރިއިރު އެ މީހާ ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ. އެހެންކަމުން އޭނާ ލައިގެން ހުރި ޖިންސުގައި ހިފައި މައްޗަށް ނެގުމަށްފަހު ބޮއެ ފަތީގެ އެހީގައި ގެނައީއެވެ.

އެ ވަގުތު ކައިރީގައި ތިބި މީހުން އުޅުނީ ވީޑިއޯ ކުރުމުގައި ކަމަށާއި އެހީއަށް އެދުމުން އެމްޕީއެލްގެ ޓީޝާޓެއް ލައިގެން ހުރި މީހަކު އެހީތެރިކަން ފޯރުކޮށްދިން ކަމަށް ފުކޫ ކިޔައިދީފައި ވެއެވެ. އެ މީހާ އެއްގަމަށް ގެނެވުނުއިރު އަނގައިން ވަނީ ފޮނު އަރާފައެވެ. އަދި ފުކޫއަށް އެއްގަމަށް އެރުނުއިރު އޭނާ އޮތީ ރިކަވަރީ ޕޮޒިޝަންގައި ކަމަށާއި އޭރު އެމްބިއުލާންސަށް ވެސް ގުޅާފައިވާ ކަމަށް ފުކޫ މަޢުލޫމާތު ދީފައި ވެއެވެ.

އައިޖީއެމްއެޗް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް ގާއިމްކޮށްފި

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް!

18 ދުވަސް ކުރިން - 23:08

އައިޖީއެމްއެޗް އޯޕީޑީ ސަރަހައްދުގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

އައިޖީއެމްއެޗްގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

22 ދުވަސް ކުރިން - 13:35

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

އަލިފާނުގައި މަރުވި 2ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލަނީ

87 ދުވަސް ކުރިން - 15:42

ނިއުރޯ ސާޖަރީއާ ގުޅޭ އާ ހިދުމަތެއް އައިޖީއެމްއެޗްގައި ފަށައިފި

ނިއުރޯ ސާޖަރީއާ ގުޅޭ އާ ހިދުމަތެއް އައިޖީއެމްއެޗްގައި

95 ދުވަސް ކުރިން - 14:00

ނެޝަނަލް ސެންޓާފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް އިފްތިތާހު ކޮށްފި

ނެޝަނަލް ސެންޓާފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް އިފްތިތާހުކޮށްފި

120 ދުވަސް ކުރިން - 19:46

މާލޭ ހިޔާ ފްލެޓުން ވެއްޓުނު މީހާ އޮތީ ވެންޓިލޭޓަރުގައި، ހާލަތު އަންނަނީ ރަނގަޅުވަމުން

މާލޭހިޔާ ފްލެޓުން ވެއްޓުނު މީހާ އޮތީ ވެންޓިލޭޓަރުގައި

124 ދުވަސް ކުރިން - 20:40