ޗެލްސީ އާއި ވިލާ ކުރިއަރައި، ޔުނައިޓެޑާއި ޓޮޓެންހަމް ދަށަށް

އުސްތާޛް މުޙައްމަދު ޢަލީ | 30 ދުވަސް ކުރިން - 17 މޭ 2025 07:36
ރޭ ޗެލްސީއއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ޗެލްސީގެ ކުކުރެއާ ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރަނީ.
ރޭ ޗެލްސީއއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ޗެލްސީގެ ކުކުރެއާ ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރަނީ.
ޚުލާސާ

ޗެލްސީން މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ލީގުގެ ހަތަރުވަނައަށް ޖެހިލިއިރު، އެސްޓަން ވިލާއިން 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފި.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި ޗެލްސީ އާއި އެސްޓަން ވިލާ މޮޅުވެ، ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމުގެ ރޭހުގައި ކުރިއަރައިފިއެވެ. ޗެލްސީން މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ލީގުގެ ހަތަރުވަނައަށް ޖެހިލިއިރު، އެސްޓަން ވިލާއިން 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފިއެވެ.

ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި ޔުނައިޓެޑަށް ލިބުނު ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) އިން އޮފްސައިޑް ކަމަށް ނިންމިއެވެ. މި މެޗުގެ ހަމައެކަނި ގޯލު 71 ވަނަ މިނިޓުގައި ޗެލްސީއަށް ޖަހައިދިނީ މާކް ކުކުރޭއާއެވެ.

މާކް ކުކުރޭއާ ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ.

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން ވިލާ މޮޅުވިއެވެ. ދެވަނަ ހާފުގައި އެޒްރީ ކޮންސާ އާއި ބައުބަކާ ކަމާރާ ވިލާއަށް ގޯލު ޖަހައިދިނެވެ.

ބައުބަކާ ކަމާރާ ރޭ ޓޮޓެންހަމް ކޮޅަށް ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރަނީ.

މި ނަތީޖާތަކާއެކު، ޗެލްސީ އާއި ވިލާ މިއިން ކޮންމެ ޓީމަށްވެސް 37 މެޗުން 66 ޕޮއިންޓް ލިބިފައިވެއެވެ. ނަމަވެސް ގޯލު ތަފާތުން ޗެލްސީ ވަނީ ހަތަރުވަނައަށް އަރާފައެވެ. ވިލާ އޮތީ ފަސްވަނައިގައެވެ.

ޔުނައިޓެޑަށް މިއީ ޖެހިޖެހިގެން ލީގުގައި މޮޅެއް ނުލިބި ނިންމާލަން ޖެހުނު އަށްވަނަ މެޗެވެ. މިއާއެކު ޔުނައިޓެޑް މިހާރު އޮތީ ލީގުގެ 16 ވަނައިގައި 37 މެޗުން 39 ޕޮއިންޓާ އެކުގައެވެ.

ޓޮޓެންހަމްވެސް ވަނީ ކްލަބުގެ ތާރީޚުގައި އެންމެ ދަށް ސީޒަނުގެ ރެކޯޑާ އެއްވަރުވެފައެވެ. މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި 25 މެޗުން ބަލިވެފައިވާއިރު، މިއީ 1991/1992 ވަނަ އަހަރުގެ ސީޒަނުގައި ރެކޯޑު ކުރި އަދަދެވެ.

ނަމަވެސް ޓޮޓެންހަމް އާއި ޔުނައިޓެޑަށް އަދިވެސް ޗެމްޕިއަންސް ލީގަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އަންނަ ބުދަ ދުވަހުގެ ރޭ ބޭއްވޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި މި ދެ ޓީމު ކުޅޭއިރު، މޮޅުވާ ޓީމަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގަ ލިބޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%