ރާއްޖޭގެ އެންމެ މަޤްބޫލް ބޯފެން ބްރޭންޑް ކަމަށްވާ ތާޒާއިން “ފެންކޮއެ” ގެ ނަމުގައިހާއްސަ ކެރެކްޓާއެއް މިއަދު ތައާރަފް ކޮފިއެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބާއްވާ ހާއްސަ ކުޑަކުދިންގެ ފެސްޓިވަލާއި ދިމާކޮށް ތާޒާއިން ނެރުނު މެސްކޮޓަކީ ފެން ބުއިމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހަނދާން ކޮށްދޭ، ރާއްޖޭގެ ތާރީޚުގައި ނެރުނު މިފަދަ ފުރަތަމަ މެސްކޮޓެވެ. ކުރިޔަށް އޮތްތަނުގައި ތާޒާއިން ހިންގުމަށް ރާވާފައިވާ އިޖުތިމާއީ ހަރަކާތްތަކުގައި މި މެސްކޮޓް ފެންނާނެ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ.
ތާޒާ ކުންފުނީގެ މަޤްސަދަކީ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް އަދުގެ ކުޑަކުދިންފެނަށް އަހުލުވެރިކުރުވުމެވެ.
މި މެސްކޮޓްގެ ހަގީގީ މަގްސަދަކީ ވެސް ދުޅަހެޔޮ ސިއްހަތަކަށް ފެން ބުއިމާއި ހެލިފެލިވެ އުޅުމުގެ މުހިއްމުކަން ހަނދާން ކޮށްދިނުމެވެ.