އައިލަންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، (އައިބީއެމް) އިން އެ ކުންފުނީގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.
"ތާޒާ" މި ބްރޭންޑުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކަށް ފެން ފޯރުކޮށްދެމުން އަންނަ އައިބީއެމްގެ އަހަރީ ދުވަސް ފާހަގަކޮށްފައިވަނީ އަންގާރަ ދުވަހު އެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މުވައްޒަފުން ވަނީ އުފާފާޅުކުރުމުގެ ގޮތުން ކޭކެއް ފަޅާފަ އެވެ.

އަހަރީ ދުވަހުގައި އައިބީއެމް އިން ފަޅާފައިވާ ކޭކު--ފޮޓޯ: ތާޒާ
އައިބީއެމް އަކީ ގޭބިސީތަކާއި ފިހާރަތަކުން ފެށީގެން އޮފީސް ތަކަށް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފެން ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ. އެގޮތުން އެންމެ ކުދި ފުޅިން ފެށިގެން ބޮޑެތި ފުޅިތަކާ ހަމައަށް އެ ކުންފުނިން ދަނީ ހެޔޮ އަގުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.
2002 ވަނަ އަހަރުން ފެށިގެން ފެން ފޯރުކޮށްދެމުން އަންނަ އެ ކުންފުނީގެ އަހަރީ ދުވަހަކީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހެވެ.





