Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

އަހްމަދު އީޒާން
480 ދުވަސް ކުރިން - 8 މެއި 2025 11:23
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

ގްރީން ޓެކްސް އާއި ޓީޖީއެސްޓީ އާއި ޑިޕާޗާ ޓެކްސްގައި ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައި.

އަހަރުގެ މިހާތަނަށް އެކި ކަހަލަ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި, މި މަހު އެކެއްގައި ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދު ހިމަނައި، ނިމިގެންދިޔަ ހަފްތާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓްގައިވާ ގޮތުގައި, މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ގްރީން ޓެކުހުގެ އާމްދަނީ 73.7 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

ޑިޕާޗާ ޓެކުހުގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ލިބިފައިވާ އާމްދަނީ ވަނީ 31.9 ޕަސެންޓް އިތުރުވެފަ އެވެ.

Advertisement

Advertisement 1

އޭގެ އިތުރުން، ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ)ގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ވަނީ 5.3 ޕަސެންޓް އިތުރުވެފަ އެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޓެކްސް ނޫން އާމްދަނީ, 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު, 32.3 ޕަސެންޓް އިތުރުވެފައިވެ އެވެ. އެ އާމްދަނީގެ 20.1 ޕަސެންޓް ހިއްސާކުރަނީ ރިސޯޓް ބިމު ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކު، މި މަހުގެ އެކެއްގެ ނިޔަލަށް ދައުލަތް ހިންގުމުގެ ހަރަދު 8.6 ޕަސެންޓް އަދި ދަތުރުފަތުރުގެ ހަރަދު 21.8 ޕަސެންޓަށް ދަށްވެ، ޖުމްލަ ރިކަރަންޓް ހަރަދު 3.3 ޕަސެންޓް ވަނީ ދަށްވެފަ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ ހަރަދުގެ ތެރެއިން، މި މަހު އެކެއްގެ ނިޔަލަށް ހިނގާފައި ވަނީ 24.3 ޕަސެންޓެވެ.

ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް މި އަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާ އެކު، ދައުލަތުގެ ޖުމްލަ ހަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 ޕަސެންޓް ދަށްވެފަ އެވެ.

ޓެކްސްމީރާފިނޭންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

3 ގަޑިއިރު ކުރިން - 18:54

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

3 ގަޑިއިރު ކުރިން - 18:26

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

13 ދުވަސް ކުރިން - 11:07

މިއީ އާ ޓެކްސެއް ނޫން: ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

14 ދުވަސް ކުރިން - 19:40

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

14 ދުވަސް ކުރިން - 13:11

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

29 ދުވަސް ކުރިން - 16:07