އާސެނަލްގެ ހުވަފެންތައް ފެނަށް: އިންޓަރ އާއި ޕީއެސްޖީ ފައިނަލަށް ތައްޔާރުވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 164 ދުވަސް ކުރިން - 7 މޭ 2025 03:15
ޕީއެސްޖީ އަތުން ބަލިވެ ޗެމްޕިއަންސް ލީގާއި އަލްވަދާޢު ކިޔަން ޖެހޭތީ އާސެންލަގެ ކުޅުންތެރިން ހިތާމަ ކުރަނީ.
ޕީއެސްޖީ އަތުން ބަލިވެ ޗެމްޕިއަންސް ލީގާއި އަލްވަދާޢު ކިޔަން ޖެހޭތީ އާސެންލަގެ ކުޅުންތެރިން ހިތާމަ ކުރަނީ.
ޚުލާސާ

ޕީއެސްޖީގެ ދަނޑުގައި އާސެނަލް ބަލިވީ 2-1 (3-1)ގެ އެގްރިގޭޓުން. ފައިނަލް މެޗު ކުޅޭނީ މިމަހުގެ 31 ވަނަ ދުވަހު މިޔުނިކްގައި.

ސެމީ ފައިނަލުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ން އާސެނަލް އާއި ދެކޮޅަށް ކުޅެ 3-1 ގެ އެގްރިގޭޓުން މޮޅުވެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހީ ފައިނަލް ކުޅުމަށް އާސެނަލް ކުރަމުން އައި އުންމީދުތައް ޕީއެސްޖިން 2{(ه ފުނޑުފުނޑު ކޮށްލައިފިއެވެ.

މިކެލް އާޓެޓާގެ އިރުޝާދުގެ ދަށުން ގަނާސް ބަލިވީ މޮޅަށް ކުޅެގެންނެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގުގައި ޕީއެސްޖީން 1-0 އިން ލީޑު ނެގީ، އުސްމާން ޑެމްބެލޭގެ ކުރީކޮޅު ޖެހި ގޯލާއެކުގައެވެ. މިރޭގެ މެޗު އޭނާ ފެށީ ބެންޗުންނެވެ. ފަބިއަން ރޫއިޒްގެ ގޯލުން މެޗުގެ 27 ވަނަ މިނެޓްގައި ޕީއެސްޖީ ކުރި ހޯދިއިރު ދެވަނަ ގޯލު ހާކިމީ ޖެހީ ޑެމްބެލޭގެ ޕާހަކުންނެވެ.

އޭގެކުރިން ހާކިމީ ފޮނުވާލި ބޯޅައެއް އާސެނަލްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ އާސެނަލްގެ ޑޭވިޑް ރަޔާ މަތަކުރިކަން ވެސް ފާހަގަ ކުރެވެއެވެ.

އާސެނަލްއިން ރޭ ސުން ކަނޑުވައިދިނީ ސަކާ އެވެ. ނަމަވެސް އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ނާކާމިޔާބު ވީއެވެ.

ޕީއެސްޖީ ނުކުންނާނީ ބާސެލޯނާ އަތުން މޮޅުވި އިންޓަ މިލާންއާ ދެކޮޅަށެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވާ ހޮނިހިރު ދުވަހު ޖަރުމަނުގެ މިއުނިކްގެ އެލިއަންޒް އެރީނާގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%