Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

8.8 ބިލިއަން ޑޮލަރު މަޝްރޫޢުގެ ބިންގާ އަޅައިފި! ދެން ފެންނާނެ ގޮތް މިހިރީ..!

8.8 ބިލިއަން ޑޮލަރު މަޝްރޫޢުގެ ބިންގާ އަޅައިފި! ދެން ފެންނާނެ ގޮތް މިހިރީ..!

ހުސައިން އިސްމާއިލް
492 ދުވަސް ކުރިން - 5 މެއި 2025 14:42
ކުރިޔަށް އޮތް ތަނުގައި ރައްޔިތުންނަށް ފެންނާނީ މި މަންޒަރު.
ކުރިޔަށް އޮތް ތަނުގައި ރައްޔިތުންނަށް ފެންނާނީ މި މަންޒަރު.
ޚުލާސާ

ހުޅުމާލޭ ފޭސް 3ގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)ގެ ބިންގާ މިއަދު އަޅައިފި. ފޮޓޯތަކުން މިފެންނަ މަންޒަރު ދިވެހިންގެ ލޯތަކަށް ފެނި އަތްވެސް ލެވޭނެ.

ހުޅުމާލޭ ފޭސް 3 ގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)ގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އަދި ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެޅުނު ބިންގަލާއެކު ދެން ފެނިގެންދާނީ ރައީސް ޑރ. މުޢިއްޒު ކުރިން ވިދާޅުވި ތަރައްޤީއެވެ. އަދި އެމަނިކުފާނުގެ އަރިސް ބޭފުޅުން އޭރު ވިދާޅުވި "ލޮލަށް ފެންނާނެ އަތް ލެވޭ ތަރައްޤީ"އެވެ.

Advertisement

Advertisement 1

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގަންނަވަނީ

އެމްއައިއެފްސީއަކީ ދިވެހި ސަރުކާރާއި ގަތަރުގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުނި ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކުން ގާއިމުކުރާ މާލީ ފްރީ ޒޯނެކެވެ.

މި މަޝްރޫޢުގެ ދަށުން 780,000 އަކަފޫޓުގެ ސަރަހައްދެއްގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް ތަރައްގީކުރެވޭނެއެވެ. މީގެ ތެރޭގައި 3,500 މީހުންގެ ޖާގައިގެ ކޮންފަރެންސް ސެންޓަރެއް، ތިން އޮފީސް ޓަވަރު، މަތީ ފެންވަރުގެ ގެތަކާއި ހޮޓާތައް، ފިހާރަތައް، މިސްކިތެއް، އިންޓަނޭޝަނަލް ސްކޫލެއް، އަދި އޯޝަނޮގްރަފިކް މިއުޒިއަމެއް ހިމެނެއެވެ.

މި.މަޝްރޫޢު ނިމުމުން ރައްޔިތުންނަށް ފެންނާނީ މި މަންޒަރު.

އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

މި.މަޝްރޫޢު ނިމުމުން ރައްޔިތުންނަށް ފެންނާނީ މި މަންޒަރު.

މި މަޝްރޫޢަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ. ރައީސް އޭރު ވިދާޅުވި ފަދައިން ކުރިޔަށް އޮތް ތަނުގައި ވަޒީފާ ނުލިބިގެން ޒުވާނަކު އުޅޭކަށް ނުޖެހޭނެއެވެ.

ގަތަރު
Advertisement
Advertisement

4 ރިއެކްޝަންސް / 3 ކޮމެންޓް

0%
0%
0%
0%
0%

ޢެހެންތަ

490 ދުވަސް ކުރިން - 20:40

މިހާރުވެސް ޒުވާނުންނައް ވަޒީފައި ލިބެއެވެ. ޒުވާނުން ކަންނެތްވެ ވަޒީފައި އައްނުގޮސް ވަޒީފައިއިން ވަކިކުރީމާ ދެން ތިބެގެން މިކިޔަނީ ވަޒީފައިއެއް ނެތޭ ބޭރުމީހުންނަށޭ ވަޒީފައިދެނީ

ނާޅި

491 ދުވަސް ކުރިން - 20:12

ޙަހަހަ… ތި ކިޔާ ބައެއް ކުރި މަސައްކަތެއް ނެތް ފެންނާކަށް

ޚުލާސާ

492 ދުވަސް ކުރިން - 14:50

ދިވެހިންނަކީ ޝުކުރުވެރިވުން ކުޑަ ބައެކެވެ. ފުލުހުން ހީކުރާގޮތުގައި ގޭންގްތަކުގެ އައްޑަނައަކަށް ފުލުހުން ވުމުން ﷲ އާއި އެކަލާނގެ އަދަދު ނުކުރެވޭ މަލާއިކަތުންނަކަށް އެކަމެއް ނޭނގެނެއެވެ. ރައީސަށް މަލާއިކަތުންގެ ޙިމާޔަތް ބޭނުމެއްނުވާނެއެވެ. ސިފައިންނަކީ ﷲ އަށްވުރެ މަތީ ބައެކެވެ. ނިލަންދޫ މީހުނަށް ނިކަން ރީއްޗަށް ޞިހުރު ހަދާލަދޭނަމެވެ.

ގުޅޭ ޚަބަރުތައް

އެމެރިކާގެ ބަހަށް އީރާނާއި ކުޅެލުމުން ޤަޠަރުގެ އިޤްތިޞާދުން 24 ބިލިއަން ޑޮލަރު ގެއްލިއްޖެ

އީރާނާއި ކުޅެލުމުން ޤަޠަރުގެ އިޤްތިޞާދުން 24 ބިލިއަން ޑޮލަރު ގެއްލިއްޖެ

14 ދުވަސް ކުރިން - 13:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

49 ދުވަސް ކުރިން - 15:04

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

57 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

57 ދުވަސް ކުރިން - 22:50

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

58 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

58 ދުވަސް ކުރިން - 13:22