Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

8.8ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުން އެތައްހާސް ވަޒީފާއެއް އުފެދޭނެ - މިނިސްޓަރ ޒަމީރު

8.8ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުން އެތައްހާސް ވަޒީފާއެއް އުފެދޭނެ - މިނިސްޓަރ ޒަމީރު

އާނާ ފަހީމް
447 ދުވަސް ކުރިން - 5 މެއި 2025 11:38
ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްޓަކައި ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްޓަކައި ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭއިރު ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ގުޅިގެން ހިންގާ 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) އިން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށް ފިނ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އިއްޔެ ރޭ ބޭއްވި ހަފްލާގައި ސޮއިކުރެވުނު ޖޮއިންޓް ވެންޗާ އެއްބަސްވުމަކީ ދިވެހިންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށް ޒަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.

"މިއީ ރާއްޖޭގެ އިގްތިސާދަށާއި ދިވެހި ދައުލަތުގެ މިނިވަންކަމަށް ވަރަށް ޚާއްޞަ މަޝްރޫޢެއް. އެމްއައިއެފްސީގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރީގެ ފުރިހަމަ ތަޞައްވުރު ގެންގުޅޭ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ލިބޭ ތަނަކަށް އެތަން ހެދޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement 1

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖެ މީގެ ކުރިން ބަރޯސާވަރޯސާވެފައި ވަނީ ފަތުރުވެރިކަމަށް ކަމަށް ފާހަގަ ކުރައްވައި، ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތައް ވެސް ތަރައްޤީ ކުރަން ޖެހޭކަމަށާއި އެމްއައިއެފްސީގެ ސަބަބުން މާލީ، ޤާނޫނީ، ފަތުރުވެރިކަމާއި ތަޢުލީމީ ދާއިރާތަކުގައި އެތައް ހާސް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

މިއީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ މިނިވަން ސަރަޙައްދެއް ކަމަށާއި މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށް ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު މޫސާ ޒަމީރުގަތަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:04

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

12 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

12 ދުވަސް ކުރިން - 22:50

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

12 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

12 ދުވަސް ކުރިން - 13:22

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

31 ދުވަސް ކުރިން - 13:00