ސެމީގެ ފުރަތަމަ ލެގުން އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން އާސެނަލް ބަލިވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 29 އޭޕްރިލް 2025 02:58
އާސެނަލް ކޮޅަށް ގޯލް ޖެހުމަށްފަހު ޑެމްބެލޭ އާއި ޕީއެސްޖީ ކުޅުންތެރިން އުފާފާޅުކުރަނީ ؟ އޭޕީ
އާސެނަލް ކޮޅަށް ގޯލް ޖެހުމަށްފަހު ޑެމްބެލޭ އާއި ޕީއެސްޖީ ކުޅުންތެރިން އުފާފާޅުކުރަނީ ؟ އޭޕީ
ޚުލާސާ

މެޗުގައި ފެނުނު ހަމައެކަނި ގޯލް ޖަހާފައިވަނީ ޕީއެސްޖީގެ ޑެންބެލޭ،

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) އިން އާސެނަލް 1-0 އިން ބަލިކޮށްފިއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ހަމައެކަނި ފެނުނު ގޯލު ޖެހީ ޕީއެސްޖީގެ ފްރާންސް ވިންގަރ އުސްމާން ޑެމްބެލޭއެވެ.

މެޗުގެ 4 ވަނަ މިނެޓުގައި އާސެނަލްގެ ގޯލަށް ޑެމްބެލޭ ބޯޅަ ފޮނުވާލަނީ.

މެޗުގެ 4 ވަނަ މިނެޓުގައި ލިބުނު ކައުންޓާ އެޓޭކެއްގައި ޑެމްބެލޭ ގޯލު ޖެހިއިރު، ފުރަތަމަ ހާފު މުޅިން ޑޮމިނޭޓް ކުރީ ވެސް ޕީއެސްޖީއެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ޖެހި ގޯލު ވީއޭއާރު ޗެކަކަށްފަހު އޮފްސައިޑްގެ ކަމަށް ނިންމިއެވެ.

އާސެނަލްގެ މެނޭޖަރ މިކެލް އަރޓެޓާ ވަނީ ގޯލު ޖެހުމުގެ ފުރުސަތުތައް ހަނި ކަމަށް. ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް އަންނަ ހަފްތާގައި ޕެރިސްގައި ކުޅޭ ދެވަނަ ލެގާ މެދު އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ..

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%