ކަޅުތެޔޮ އެޅިފައިވާތީ ބަންދުކުރި ރަސްފަންނު ޢާންމު ޙަލަތަކަށް ގެނެސްފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 29 އޭޕްރިލް 2025 01:28
ރަސްފަންނު މޫދު: ފުލުހުން ވަނީ އެތަން ސާފުކޮށް ޢާންމު ޙާލަތަށް ގެނެސްފައިވާ ކަމަށް ބުނެފަ.
ރަސްފަންނު މޫދު: ފުލުހުން ވަނީ އެތަން ސާފުކޮށް ޢާންމު ޙާލަތަށް ގެނެސްފައިވާ ކަމަށް ބުނެފަ.
ޚުލާސާ

ރަސްފަންނު މޫދަށް އެޅިފައިހުރި ކަޅުތެޔޮ އެއްކޮށް މިހާރު ސާފުކޮށް އެތަން މިހާރު އާއްމު ހާލަތަށް ގެނެސްފަ.

ރަސްފަންނު މޫދަށް އެޅުނު ކަޅުތެޔޮ މިހާރު ސާފުކޮށް، އެ ސަރަހައްދު އާންމު ހާލަތަށް އަނބުރާ ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި. / ފޮޓޯ: ޕޮލިސް

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާކަން ފާހަގަކުރެވުމާއި ގުޅިގެން، ޢާންމު ސިއްހަތަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ފުލުހުން ވަނީ އެ ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން މައްސަލައިގެ ތަހުގީގެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

2016 ވަނަ އަހަރާއި 2021 ވަނަ އަހަރުގައި ވެސް ރަސްފަންނަށް ކަޅުތެޔޮ އަޅާފައި ވެއެވެ. އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީން ވަނީ އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް އެފަހަރުގެ ތަހުގީގަށް ފަހު ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%