ޔަމަނުގެ ރައްޔިތުން މަރަން ބޮން އަޅާ އެމެރިކާގެ މަތިންދާބޯޓު ރަތްކަނޑަށް ވެއްޓިއްޖެ

ޖަވާދު | 1 ދުވަސް ކުރިން - 29 އޭޕްރިލް 2025 17:17
އެމެރިކާގެ ފައިޓާ ޖެޓެއް އުދުހެނީ. ރަތްކަނޑަށް ވަނީ އެމީހުންގެ ފައިޓާ ޖެޓެއް ވެއްޓިފަ.
އެމެރިކާގެ ފައިޓާ ޖެޓެއް އުދުހެނީ. ރަތްކަނޑަށް ވަނީ އެމީހުންގެ ފައިޓާ ޖެޓެއް ވެއްޓިފަ.
ޚުލާސާ

ހޫޘީންގެ ހަމަލާއަކުން ސަލާމަތްވާން އުޅެނިކޮށް އެމެރިކާގެ ފައިޓަޖެޓް ކަނޑަށް ވެއްޓުނުއިރު މިއީ 60 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ފައިޓާ ޖެޓެއް.

ޔަމަނުގެ ރައްޔިތުން މަރަން ބޮން އަޅަމުންދާ އެމެރިކާގެ ހަނގުރާމަމަތީ ފައިޓާ ޖެޓް ރަތްކަނޑަށް ވެއްޓިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ވެއްޓުނީ އެފްއޭ 18 ސުޕަރ ހޯނެޓް ފައިޓަރ ޖެޓެވެ. މި މަތިންދާބޯޓުގެ އަގަކީ 60 މިލިއަން އެމެރިކާ ޑޮލަރެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ހާދިސާ ހިނގީ ޙޫޘީންގެ ޙަމަލާއަކުން ރެކެންވެގެން ޔޫއެސްއެސް ހެރީ އެސް ޓްރޫމަން މަނަވަރުގެ މިސްރާބު ކުއްލިއަކަށް އަނބުރާލުމުންނެވެ.

މި ހާދިސާ ހިނގީ އެމެރިކާއިން ޔަމަނުގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ދެމުންދިޔަ ވަގުތުގައިނކަމަށްވާއިރު، ޙޫޘީން ދަނީ ޔަހޫދީ ދައުލަތަށާއި ރަތްކަނޑުން ދަތުރުކުރާ އާގުބޯޓުތަކަށް ޙަމަލާދެމުންނެވެ. މިއީ ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ޢުދުވާނާ ދެކޮޅަށް އެ ޖަމާޢަތުން ފަށާފައިވާ ޙަރަކާތްތަކެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%