އެސްޓާޑީ އޮލިމްޕިކް ލުއިސް ކޮމްޕެނީސްގައި ރޭ ބާސެލޯނާއިން ފަހުވަގުތު އާރުސީ ސެލްޓަ ވީގޯ އަތުން 4-3 އިން މޮޅުވެއްޖެއެވެ. މެޗުގެ ބާކީ އެންމެ 20 މިނެޓަށް ވެފައިވަނިކޮށް 3-1 އިން ފަހަތުގައި އޮތް ބާސެލޯނާ މޮޅުކޮށްދިނުމަށް އެހީތެރިވުމުގެ މައި ރޯލް އަދާކުރީ ޑާނީ އޮލްމޯ އާއި ރަފީނިއާ އެވެ. ބެންޗުން އެރި އޮލްމޯ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރުމަށްފަހު، ސްޓޮޕް ޓައިމްގައި ލިބުނު ޕެނަލްޓީއިން، މެޗުގެ 98 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ބާސާ މޮޅުކޮށްދީފައެވެ.
ރޭގެ މެޗުގެ މުހިންމު މައުލޫމާތުތައް ދައްކައިދޭ ފޮޓޯއެއް: ބާސެލޯނާ މޮޅުވީ ފަހުވަގުތު ވީއޭއާރް ބަލައި ރެފްރީ ދިން ޕެނަލްޓީއަކުން.
ބާސެލޯނާގެ ގޯލް ފެރާން ޓޮރޭސް ފުރަތަމަ ކާމިޔާބުކޮށްދިން ނަމަވެސް ސެލްޓާގެ ބޮރްޖާ އިގްލެސިއާސް ވަނީ ފަހަތުން އަރައި ބާސާގެ ކޮޅަށް ހެޓްރިކެއް ހަދައި ލީޑު ނަގައިދީފަ އެވެ.
މެޗުގެ ތެރޭގައި ސެލްޓާގެ ކޯޗު ކްލޯޑިއޯ ޖިރާލްޑޭޒް ވަނީ މިޑްފީލްޑަރު އިލައިކްސް މޮރީބާއަށް ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށާއި ފުރައްސާރަ ކުރާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
ބާސެލޯނާއަށް ދެން އޮތް ގޮންޖެހުމަކީ ކޮޕަ ޑެލްރޭ ފައިނަލުގައި މިމަހުގެ 26 ވަނަ ދުވަހު ސެވިއްޔާގެ އެސްޓޭޑިއޯ ޑެ ލާ ކާޓޫޖާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.
ޑިފެންސުން މިސްޓޭކްތަކެއް ކުރިމަތިވި ނަމަވެސް، ރޭގެ މި މޮޅާއެކު ބާސާ މިހާރު ވަނީ 32 މެޗުން 73 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައިވާ ރެއާލް މެޑްރިޑް އޮތީ 31 މެޗުން 66 ޕޮއިންޓާއެކު، މެޗެއް އަތުގައި އޮވެ ހަތް ޕޮއިންޓް ފަހަތުގައެވެ.