Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ލަފާފުޅަށް އިޖާބަދެއްވުމުގެ ގޮތުން ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ރައީސްގެ ލަފާފުޅަށް އިޖާބަދެއްވުމުގެ ގޮތުން ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

އައިޝަތު ރުވާ ރިފްޢަތު
501 ދުވަސް ކުރިން - 15 އޭޕްރިލް 2025 15:15
މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު
މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު
ޚުލާސާ

މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރެއްވި ދަޢުވަތަކަށް އިޖާބަ ދެއްވައިގެން ކުރައްވާ ދަތުރުފުޅެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅަށް އިޖާބަދެއްވުމުގެ ގޮތުން މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު، ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރެއްވި ދަޢުވަތަކަށް އިޖާބަ ދެއްވައިގެން ކުރައްވާ ދަތުރުފުޅެކެވެ.

ޑރ. ޞަލާޙުލްބުދައިރުގެ މި ދަތުރުފުޅުގައި އެތައް މުހިންމު ހަރަކާތްތަކެއް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމާއި، ރައީސުލްޖުމްހޫރިއްޔާއަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމާއި، ޢާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި، އިލްމުވެރިންނާ ބައްދަލުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ސަލްމާން މިސްކިތަށާއި އެހެނިހެން އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

Advertisement

Advertisement 1

މި ދަތުރުފުޅުގެ ތާރީޚީ އަހައްމިއްޔަތުކަން ފާހަގަކޮށްލެވެނީ، މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމުގައިވާތީއެވެ. ކުރިން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލް ވަޑައިގެންނެވި ދަތުރުފުޅުގައެވެ.

ޑރ. ޞަލާޙުލްބުދައިރަކީ އިސްލާމީ ދުނިޔޭގައި ވަރަށް އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރިއެކެވެ. އެމަނިކުފާނަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެއްގެ އިތުރުން، މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ ބޭފުޅެކެވެ.

މި ޒިޔާރަތުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވަނީ މި ދަތުރުފުޅު ހަމަޖެއްސެވުމަށް އެހީތެރިވެދެއްވި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި ވަލީ އަހުދަށް ޝުކުރު ދަންނަވާފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އަރަބިއްޔާގެ އެމްބަސީއިން ދެއްވި އެއްބާރުލެއްވުމަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

ސައުދީ އަރަބިއްޔާމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްރައީސް ޑރ. މުހައްމަދު މުއިއްޒުމައްކާޙަރަމްފުޅުގެ އިމާމު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

51 މިނެޓު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

7 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02