ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ލެގާންސްއާ ދެކޮޅަށް ކުޅުނު މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ބާސެލޯނާއިން ރިއަލް މެޑްރިޑުގެ މައްޗަށް 7 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ލެގާނެސް ދަނޑުގައި ކުޅުނު މި މެޗުގައި ފެނުނު ހަމައެކަނި ގޯލަކީ ލެގާނެސްގެ ޑިފެންޑަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މުޅި މެޗުގައި ލެގާނެސް އަށް ބާސެލޯނާގެ ގޯލުގެ ތިން ދަނޑި އެތެރެއަށް (އޮން ޓަރގެޓް) އަށް ފޮނުވާލީ އެންމެ ހަމަލާއެކެވެ. އަދި ބާސެލޯނާއިން ވަނީ ތިން ހަމަލާ ތިން ދަނޑި އެތެރެއަށް އަމާޒުކޮށްފައެވެ.
މި ބައްޔާއެކު ލެގާނެސް މިވަގުތު އޮތީ ރެލިގޭޝަނުގައި 28 ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައެވެ. ރެލިގޭޝަނުން ސަލާމަތްވުމަށް ކުރިޔަށް ހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ކުޅެ އެޓީމަށް ނަތީޖާ ނެރެން މަޖުބޫރެވެ.
ބާސެލޯނާއާ ވާދަވެރި ރިއަލް މެޑްރިޑް މިރޭ ޑިޕޯޓިވޯއާ ދެކޮޅަށް ނުކުންނާނެ އިރު، މެޑްރިޑު މޮޅުވެއްޖެނަމަ ފަރަގު 4 ޕޮއިންޓަށް ކުޑަވާނެއެވެ.
ލީގުގައި ބާކީ 7 މެޗު އޮތްއިރު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ސްޕެއިންގެ ގަދަ ދެބާރުގެ މެދުގައި މިވަގުތު މިވަނީ ވާދަވެރިކަން ބޮޑުވެފައެވެ. ކޮޕަ ޑެލް ރޭގައި މި ދެޓީމު މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ނުކުންނަ އިރު ލީގުގައި އަންނަ މަހު 11 ގައި މި ދެޓީމު ބައްދަލުކުރާނެ އެވެ.