ހަތަރު އަހަރަށްފަހު އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަޔާން “ސިއްސުވާލައިފި”

އުސްތާޛް މުޙައްމަދު ޢަލީ | 22 ދުވަސް ކުރިން - 9 އޭޕްރިލް 2025 10:13
ބަޔާން މިއުނިކްގެ ފޯވާޑް ހެރީކޭން: އޭނާއަށް ރޭ އިންޓަމިލާން ކޮޅަށް ގޯލު ޖަހަން ފުރުސަތު ލިބި ގެއްލިފައިވޭ.
ބަޔާން މިއުނިކްގެ ފޯވާޑް ހެރީކޭން: އޭނާއަށް ރޭ އިންޓަމިލާން ކޮޅަށް ގޯލު ޖަހަން ފުރުސަތު ލިބި ގެއްލިފައިވޭ.
ޚުލާސާ

އިންޓަ އަތުން 2-1 އިން ބަލިވި ބަލިވުމަކީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ޗެމްޕިއަންސް ލީގުގައި ބަޔާންގެ އަމިއްލަ ދަނޑުގައި މެޗަކުން ބަލިވި ފުރަތަމަފަހަރު.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އެލިއަންޒް އެރީނާގައި އިންޓަ މިލާނުން ބަޔާން މިއުނިކް 2-1 އިން ބަލިކޮށްފިއެވެ.

ފުރަތަމަ ހާފުގައި އިންޓަ އަށް ލަނޑު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްގެ ބާރު ދުވެލީގެ ފައިދާ ނަގައިގެންނެވެ. އޭގެ ކުރިން ބަޔާންގެ އިނގިރޭސި ކެޕްޓަން ހެރީ ކޭން އަށް ވަނީ މުހިއްމު ފުރުސަތެއް ގެއްލިފައެވެ.

މިހާރު ބަޔާން ދޫކޮށްލަން އުޅޭ ލެޖެންޑް ތޯމަސް މުލާ ވަނީ 74 ވަނަ މިނެޓުގައި ކުޅެން ނެރެފައެވެ. އޭގެ 11 މިނެޓް ފަހުން، މެޗުގެ 85 ވަނަ މިނެޓުގައި މުލާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ނަމަވެސް ބަޔާން މިއުނިކް ސިއްސުވާލީ މެޗުގެ 88 ވަނަ މިނެޓްގައި ޑޭވިޑް ފްރެޓެސީ ގޯލު ވައްދާލައިގެންނެވެ.

ބަޔާން މިއުނިކް ކޮޅަށް ގޯލް ޖެހުމަށްފަހު އިންޓަމިލާނުގެ ޑޭވިޑް ފްރެޓެސީ އުފާފާޅުކުރުމުގެ ގޮތުން ޖަރޒީ ބާލަނީ.

މިއީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ޗެމްޕިއަންސް ލީގުގައި ބަޔާންގެ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗު ވެސް މެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%