ޕީއެސްޖީން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ތަށި ހޯދައިފި

އުސްތާޛް މުޙައްމަދު ޢަލީ | 195 ދުވަސް ކުރިން - 6 އޭޕްރިލް 2025 10:14
ޕީއެސްޖީ ކުޅުންތެރިން ލީގު ލިބުމުގެ އުފަލުގައި ކޯޗު އެންރީކޭ ނަގައި މައްޗަށް އެއްލާލަނީ. މިއީ 13 ސީޒަނުގައި ޕީއެސްޖީން ލީގު ނެގި 11 ވަނަ ފަހަރު.
ޕީއެސްޖީ ކުޅުންތެރިން ލީގު ލިބުމުގެ އުފަލުގައި ކޯޗު އެންރީކޭ ނަގައި މައްޗަށް އެއްލާލަނީ. މިއީ 13 ސީޒަނުގައި ޕީއެސްޖީން ލީގު ނެގި 11 ވަނަ ފަހަރު.
ޚުލާސާ

ޕީއެސްޖީ ވަނީ ބަލިނުވެ ރެކޯޑެއް ދަމަހައްޓާފަ. ލީގުގައި 80 ލަނޑު ޖެހިއިރު ޑެމްބެލޭ ވަނީ 21 ގޯލު ޖަހާފަ.

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު 1 ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިފަހަރު ލީގު ކާމިޔާބު ކުރުމާއެކު ޕީއެސްޖީ އިން މިވަނީ ވޭތުވެދިޔަ 13 ސީޒަންގެ ތެރޭގައި 11 ފަހަރު ލީގު ކާމިޔާބު ކޮށްފައެވެ. އަދި މުޅި ޖުމްލަ ޕީއެސްޖީއިން ވަނީ ފްރެންޗް ލީގު ތަށި 13 ފަހަރު ކާމިޔާބު ކޮށްފައެވެ.

ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން 1-0 އިން އޭންޖާސް ބަލިކޮށް މުޅި ސީޒަނުގައި ވެސް ޕީއެސްޖީ ވަނީ ބަލިނުވެ ރެކޯޑެއް ދަމަހައްޓާފަ އެވެ. އެއީ ދެވަނައިގައި އޮތް މޮނާކޯއަށްވުރެ 24 ޕޮއިންޓް ކުރީގައި އޮވެގެންނެވެ، ޖުމްލަ 80 ގޯލް ޖަހާފައި ވެއެވެ. އުސްމާނޭ ޑެމްބެލޭ ވަނީ 21 ގޯލާއެކު ލަނޑު ޖެހުމުގެ ޗާޓްތަކުގެ އެއްވަނައިގައި ހިމެނިފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%