Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މައްސަލަ ބޮޑުވި އޮލްމޯއާއި ވިކްޓޯ ލަލީގާގައި ރަޖިސްޓްރީ ވެއްޖެ

މައްސަލަ ބޮޑުވި އޮލްމޯއާއި ވިކްޓޯ ލަލީގާގައި ރަޖިސްޓްރީ ވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ
432 ދުވަސް ކުރިން - 4 އޭޕްރިލް 2025 09:47
އޮލްމޯއާއި ވިކްޓޯ: ލަލީގާ އާއި އާރުއެފްއީއެފް އިން އެކުލަވާލި ޖޮއިންޓް ކޮމިޓީގައި މިކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް ބުނެ ނިންމުންތައް ނިންމުމުގެ ބާރު ނެތް ކަމަށް ފެޑެރޭޝަނުން ބުނޭ.
އޮލްމޯއާއި ވިކްޓޯ: ލަލީގާ އާއި އާރުއެފްއީއެފް އިން އެކުލަވާލި ޖޮއިންޓް ކޮމިޓީގައި މިކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް ބުނެ ނިންމުންތައް ނިންމުމުގެ ބާރު ނެތް ކަމަށް ފެޑެރޭޝަނުން ބުނޭ.
ޚުލާސާ

ބާސެލޯނާގެ މާލީ ހާލަތުގެ ސަބަބުން އޮލްމޯއާއި ވިކްޓޯ ރަޖިސްޓްރީ ކުރަން ލަލީގާއިން ދެކޮޅު ހެދިއިރު، ސީއެސްޑީން ކަނޑައެޅީ އެފަދަ ނިންމުމެއް ލަލީގާއަށް ނުނިންމޭނެ ކަމަށް.

ބާސެލޯނާގެ މާލީ ހާލަތާއި ގުޅިގެން މައްސަލަ ޖެހިފައިވާ އެ ޓީމުގެ ޑާނީ އޮލްމޯ އާއި ޕައު ވިކްޓޯ އަށް ރަޖިސްޓްރީކޮށް ސީޒަން ނިމެންދެން ބާސާއަށް ކުޅެވޭނެ ކަމަށް ސްޕެއިންގެ ނޭޝަނަލް ސްޕޯޓްސް ކައުންސިލް (ސީއެސްޑީ) އިން ނިންމައިފިއެވެ.

މި ސީޒަނުގައި ގެނައި، އޮލްމޯ އާއި ޕައު ވިކްޓޯގެ ރެޖިސްޓްރޭޝަން ކެންސަލް ކުރުމާއި ގުޅިގެން ބާސެލޯނާ އިން ވަނީ ކޯޓު މެދުވެރިކޮށް ވަގުތީ ހައްލެއް ހޯދައިފަ އެވެ. އެއީ، މި އެޕީލް މަރުހަލާ ނިމެންދެން އޮލްމޯ އާއި ޕައު ވިކްޓޯ އަށް ކުޅެވޭ ގޮތަށެވެ.

މި މައްސަލަ ފެށުނީ ބާސެލޯނާ އިން މާލީ ފެއާ ޕްލޭ ގަވާއިދުތަކަށް އަމަލު ނުކުރާ ކަމަށް ބުނެ ކުޅުންތެރިންގެ ރަޖިސްޓްރޭޝަން ބާތިލް ކުރަން ލަލީގާ އާއި ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަން (އާރުއެފްއީއެފް) އިން މަސައްކަތް ކުރުމުންނެވެ. ނަމަވެސް ސީއެސްޑީން ކަނޑައެޅީ ލަލީގާ އާއި އާރުއެފްއީއެފް އިން އެކުލަވާލި ޖޮއިންޓް ކޮމިޓީގައި އެފަދަ ނިންމުންތައް ނިންމުމުގެ ބާރު ނެތް ކަމަށެވެ.

Advertisement

Advertisement 1

1998 ވަނަ އަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހު ސްޕެއިންގެ ޓެރާސާއަށް އުފަން ޑާނީ އޮލްމޯ ފުޓްބޯޅަ ދަތުރު ފެށީ އެސްޕަނިއޯލްގެ ޔޫތު އެކަޑަމީއާ އެކު އެފްސީ ބާސެލޯނާގެ މަޝްހޫރު ލަމާސިއާއަށް ބަދަލުވުމުގެ ކުރިންނެވެ. 2014 ވަނަ އަހަރު އޭނާ ވަނީ ކްރޮއޭޝިއާގެ ޑައިނަމޯ ޒާގްރެބް އަށް ބަދަލުވެ، 124 މެޗު ކުޅެ 34 ގޯލް ޖަހައިފަ އެވެ. އޭނާގެ ކުޅުމުގެ ސަބަބުން 2020 ވަނަ އަހަރު އާރުބީ ލައިޕްޒިގަށް ބަދަލުވެ، އެ ޓީމުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، ދެ ޑީއެފްބީ-ޕޮކަލްސް އާއި 2023 ވަނަ އަހަރުގެ ޑީއެފްއެލް-ސުޕަކަޕް ކާމިޔާބުކޮށްފަ އެވެ.

މި ސީޒަނަށް ބާސެލޯނާ އިން އޮލްމޯ ގަންނަން ލައިޕްޒިގަށް 65 މިިލިއަން ޑޮލަރު ދައްކާއިރު އޮލްމޯގެ ޑީލްގެ ފައިސާތައް ދެ އަހަރަށް ބަހާލައިގެން ދައްކަން އެއްބަސްވީ އެ ކްލަބްގެ މާލީ ހާލަތަށް ބަލައިފަ އެވެ. 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އޮލްމޯ އެނބުރި ބާސެލޯނާއާއި އަލުން ގުޅުނު ފަހުން އޭނާ ވަނީ ލަލީގާގައި 18 މެޗު ކުޅެ، ހަތް ގޯލާއި ދެ އެސިސްޓް ކޮށްފަ އެވެ.

ސީއެސްޑީގެ ހުކުމް ކުރި ނަމަވެސް، ގާނޫނީ މިންގަނޑުތަކާ އެއްގޮތް ނުވާ ކަމަށް ބުނެ، ލާލީގާއިން ވަނީ އެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

ބާސެލޯނާސްޕެނިޝް ލަލީގާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގެޓާފޭ ބަލިކޮށް ބާސެލޯނާއިން ލީގު ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި

ބާސެލޯނާއިން 11 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ ކުރީގައި

46 ދުވަސް ކުރިން - 23:44

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

49 ދުވަސް ކުރިން - 08:43

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހި، އަނެއްކާވެސް ހިތްދަތި ނިމުމެއް

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހިއްޖެ

56 ދުވަސް ކުރިން - 10:57

ދެ މެޑްރިޑްގެ ކުރިމަތިލުން ރެއާލުން ކާމިޔާބުކޮށްފި

ދެ މެޑްރިޑްގެ ކުރިމަތިލުން ރެއާލުން ކާމިޔާބުކޮށްފި

79 ދުވަސް ކުރިން - 15:21

ރަޔޯ ވަޔެކާނޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ ކުރީގައި ހަމަޖެހިލައިފި

80 ދުވަސް ކުރިން - 00:11

ބާސެލޯނާއިން ނިއުކާސަލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

84 ދުވަސް ކުރިން - 05:27