Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަސްދޫ ދެމަފިރިންނަށް ފަރުވާ ދިނުމަށް ބޭރުގެ އެކްސްޕާޓުންގެ ޓީމެއް ގެނެސްފި

ރަސްދޫ ދެމަފިރިންނަށް ފަރުވާ ދިނުމަށް ބޭރުގެ އެކްސްޕާޓުންގެ ޓީމެއް ގެނެސްފި

ހުސައިން އިސްމާއިލް
481 ދުވަސް ކުރިން - 30 މާޗް 2025 15:36
އައިޖީއެމް ހޮސްޕިޓަލް: އެ ހޮސްޕިޓަލުން ބުނީ ހަށިގަނޑުގެ ބޮޑުބައި ފިހިފައިވާ ދެމަރިން އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ފަރުވާ ދިނުމަށް ބޭރުގެ ބަރން އެކްސްޕާޓުންގެ ޓީމެއް އައިސްފައި ފަރުވާދެމުންދާ ކަމަށް.
އައިޖީއެމް ހޮސްޕިޓަލް: އެ ހޮސްޕިޓަލުން ބުނީ ހަށިގަނޑުގެ ބޮޑުބައި ފިހިފައިވާ ދެމަރިން އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ފަރުވާ ދިނުމަށް ބޭރުގެ ބަރން އެކްސްޕާޓުންގެ ޓީމެއް އައިސްފައި ފަރުވާދެމުންދާ ކަމަށް.
ޚުލާސާ

އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އަދި ފިރިހެން މީހާގެ ހަށިގަނޑުގެ 78 އިންސައްތަ ވަނީ ފިހިފަ.

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރުގެ ބަރން އެކްސްޕަރޓުންގެ ޓީމެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް އައިސް، ފަރުވާ ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ 31 އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ. އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އަދި ފިރިހެން މީހާގެ ހަށިގަނޑުގެ 78 އިންސައްތަ ވަނީ ފިހިފައެވެ. މި ދެ މީހުންނަށް މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.

Advertisement

Advertisement 1

ފިހިފައިވާ މިންވަރު ބޮޑުކަމުން، އެންމެ ފުރަތަމަ ދުވަހު ޑޮކްޓަރުން ވަނީ އެ މީހުން ރަނގަޅުވާނެ ކަމަށް އުއްމީދު ކަނޑާލާފައެވެ. އެހެންނަމަވެސް، ބޭރުގެ އެކްސްޕަރޓުންގެ އެހީއާއެކު އިތުރު ފަރުވާތަކެއް ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

އެނގިފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ރިޕޯޓު ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ އަކީ އަންހެން މީހާ އަމިއްލައަށް ގަޔަށް ޕެޓްރޯލް އެޅުމުން އޭނާ ސަލާމަތްކުރުމަށް ފިރިހެން މީހާ މަސައްކަތްކުރި ހާދިސާއެކެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަޙުޤީޤު ފަށާފައެވެ.

އއ. ރަސްދޫއަލިފާންއައިޖީއެމްއެޗް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބެންކޮކްގެ ބާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެއްޖެ

ބެންކޮކްގެ ބާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެއްޖެ

11 ދުވަސް ކުރިން - 11:43

ސްޕެއިންގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 11 މީހުން މަރުވެ 19 މީހުން ގެއްލިއްޖެ

ސްޕެއިންގައި ރޯވި އަލިފާނުގެ ހާދިސާއެއްގައި 11 މީހަކު މަރުވެއްޖެ

13 ދުވަސް ކުރިން - 17:24

ފުންފަޅުގޭ އަލިފާނުގެ ހާދިސާ: އިންސާނީ އެހީއަށް 95000 ރުފިޔާ ހަރަދުކޮށްފި

ފުންފަޅުގޭ އަލިފާނުގެ ހާދިސާ: މިހާތަނަށް 95000 ރުފިޔާ ހަރަދުކޮށްފި

17 ދުވަސް ކުރިން - 11:38

ހުޅުމާލޭގެ އެޕާޓްމެންޓެއް ރޯވެ 5 މީހަކަށް އަނިޔާ ވެއްޖެ

ހުޅުމާލޭގެ އެޕާޓްމެންޓެއް ރޯވެ 5 މީހަކަށް އަނިޔާ ވެއްޖެ

22 ދުވަސް ކުރިން - 10:04

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

49 ދުވަސް ކުރިން - 23:06

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

50 ދުވަސް ކުރިން - 18:30