Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިއަހަރަކީ އެންމެ ގިނައިން ފިޠުރު ޒަކާތް ލިބުނު އަހަރު

މިއަހަރަކީ އެންމެ ގިނައިން ފިޠުރު ޒަކާތް ލިބުނު އަހަރު

އަައިޝަތު ޒީނާ
472 ދުވަސް ކުރިން - 30 މާޗް 2025 00:42
ފިޠުރު ޒަކާތް ބަލައިގަތުން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ފިޠުރު ޒަކާތް ބަލައިގަތުން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޚުލާސާ

މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި 13,264,819.00 ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 12,594,777.92 ރުފިޔާ.

މިއަހަރަކީ އެންމެ ގިނައިން ފިޠުރު ޒަކާތް ލިބުނު އަހަރު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި 13,264,819.00 ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 12,594,777.92 ރުފިޔާއެވެ.

2023 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 12,691,506.08 ރުފިޔާ ލިބިފައިވާއިރު، 2022 ވަނަ އަހަރު ލިބިފައިވަނީ 11,669,385.10 ރުފިޔާއެވެ.

Advertisement

Advertisement 1

ގޮވާމުން ބަލައިގަތް ފިޠުރު ޒަކާތުގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރު 10,025.66 ކިލޯ ވަނީ ލިބިފައެވެ. މިދިޔަ އަހަރު 12,959.29 ކިލޯ ލިބުނު އިރު، 2023 ވަނަ އަހަރު ލިބިފައިވަނީ 12,380.85 ކިލޯއެވެ. އަދި 2022 ވަަނަ އަހަރު ލިބިފައިވަނީ 10,092.00 އެވެ.

ވުޒާރާއިން ބުނީ ފަޤީރުންގެ ދަފްތަރުފައިވާ ކޮންމެ ފަރުދަކަށް ފިޠުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި ގޮވާމުން މާލެ ސަރަޙައްދުގައި ކޮންމެ ފަޤީރަކަށް 15 ކިލޯ ބެހޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން 5 ލައްކަ ރުފިޔާ ފަލަޞްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

ޒަކާތު ހައުސްޒަކާތްމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

3 ދުވަސް ކުރިން - 22:51

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

18 ދުވަސް ކުރިން - 20:02

މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ލިބިއްޖެ

މުދަލު ޒަކާތުގެ ގޮތުގައި 50.7މިލިޔަން ރުފިޔާ ލިބިއްޖެ

59 ދުވަސް ކުރިން - 15:08

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

61 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

65 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

72 ދުވަސް ކުރިން - 15:01