ރިއަލް މިރޭ މޮޅުވެ ވަގުތީ ގޮތުން ބާސާއާއި އެއްވަރުވާނެ

އުސްތާޛް މުޙައްމަދު ޢަލީ | 33 ދުވަސް ކުރިން - 29 މާރިޗް 2025 08:39
ރިއަލް މެޑްރިޑްގެ ކުޅުންތެރިންތަކެއް ދަނޑުމަތީގައި: ރިއަލް އޮތީ ލަލީގާގެ ދެވަނައިގައި އެންމެ 3 ޕޮއިންޓްގެ ތަފާތަކުން / ފޮޓޯ: ރިއަލް މެޑްރިޑް.
ރިއަލް މެޑްރިޑްގެ ކުޅުންތެރިންތަކެއް ދަނޑުމަތީގައި: ރިއަލް އޮތީ ލަލީގާގެ ދެވަނައިގައި އެންމެ 3 ޕޮއިންޓްގެ ތަފާތަކުން / ފޮޓޯ: ރިއަލް މެޑްރިޑް.
ޚުލާސާ

ލަލީގާގައި މިއަދު ކުޅޭނެ އެންމެ މުހިންމު ދެމެޗަކީ ދެވަނައިގައި އޮތް ރިއަލް މެޑްރިޑް މިރޭ ކުޅޭނެ މެޗާއި، ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މިއަދު ހަވީރު ކުޅޭމެޗް.

ބައިނަލްއަޤްވާމީ ބްރޭކަށްފަހު ލަލީގާ އަލުން ފެށުމާއެކު ބާސެލޯނާ ވަނީ ކުރީ ދުވަހު އޮސަސޫނާގެ މައްޗަށް 3-0 އިން މޮޅުވެފައެވެ.

މިރެއަކީ 1 ވަނައިގައި އޮތް ބާސާ އާއި ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްލަން ރިއަލް މެޑްރިޑަށް ފުރުސަތު އޮތް ރެޔެވެ. ބާސާއަށް 28 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު މިރޭ ރިއަލް ކުޅޭ 29 ވަނަ މެޗުގައި ލެގަނޭސް ބަލިކޮށްގެން ރިއަލް އަށް ވެސް 63 ޕޮއިންޓް ލިބޭނެއެވެ. ރިއަލް އާއި ދެކޮޅަށް 2019 އިން ފެށިގެން މިހާތަނަށް ލެގަނޭސް އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ.

މިއަދު ދެން އޮތް މުހިންމު މެޗަކީ އެސްޕަނިއޯލް އާއި އެތުލެޓިކޯ މެޑްރިޑް މިއަދު ހަވީރު 16:15 ގައި ކުޅޭ މެޗެވެ. ޗެމްޕިއަންސް ލީގުން ވަކިވުން ފަދަ ނާކާމިޔާބީތަކަށް ފަހު ޑިއޭގޯ ސިމިއޯނީގެ އަމާޒަކީ ލީގުގައި ރަނގަޅުކުރުމެވެ. މިހާރު ތާވަލުގެ 1 ވަނައިގައިވާ ބާސާއާއި ދެމެދު 8 ޕޮއިންޓުގެ ތަފާތު އެބައޮތެވެ. 28 މެޗުން 56 ޕޮއިންޓާއިއެކު ތިންވަނައިގައި އޮތް އެތުލެޓިކޯ މިއަދު މޮޅުވެގެން ރިއަލްއާއި ކައިރިކޮށްލެވޭނެ ކަމަށް ހިއެއް ނުވެއެވެ. ސަބަބަކީ މިއަދު ރިއަލް މެޑްރިޑަށް އޮތީ ފަސޭހަ މެޗަކަށް ވާތީއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%