Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
481 ދުވަސް ކުރިން - 23 މާޗް 2025 10:42
ސައިކަލަކަށް ޕެޓްރޯލް އަޅަނީ: އެސްޓީއޯއިން ވަނީ ޕެޓްރޯލްގެ އަގު ލީޓަރަކުން 48 ލާރި ހެޔޮކޮށްފަ.
ސައިކަލަކަށް ޕެޓްރޯލް އަޅަނީ: އެސްޓީއޯއިން ވަނީ ޕެޓްރޯލްގެ އަގު ލީޓަރަކުން 48 ލާރި ހެޔޮކޮށްފަ.
ޚުލާސާ

ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13 ރުފިޔާ 98 ލާރިއަށް. މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 13 ރުފިޔާ 50 ލާރިއަށް.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދުން ފެށިގެން ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑްތަކުން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 13 ރުފިޔާ 50 ލާރިއަށެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13 ރުފިޔާ 98 ލާރިއަށެވެ. އެހެންކަމުން މިއީ ލީޓަރަކަށް 48 ލާރި ހެޔޮވެފައިވާ އަގެކެވެ.

އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކުރި ނަމަވެސް ޑީސަލްގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޑީސަލް ލީޓަރެއް މިހާރުވެސް ވިއްކަމުންދަނީ 13 ރުފިޔާ 92 ލާރިއަށެވެ.

Advertisement

Advertisement 1

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ ކުންފުންޏަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ އެސްޓީއޯއެވެ. މި ކުންފުނިން ތެލުގެ އަގަށް ގެންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެހެން ތެޔޮ ވިއްކާ ފަރާތްތަކުގެ އަގުތަކަށްވެސް އަސަރުކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން އެސްޓީއޯއިން ވަނީ ފާއިތުވި އަހަރުތަކުގައި ތެލުގެ އަގަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެންމެ ފަހުން ތެލުގެ އަގު އެންމެ ދަށް އަގެއްގައި ހުރީ 2020 ވަނަ އަހަރުގެ މާރިޗު މަހުއެވެ.

އެސްޓީއޯއެފްއެސްއެމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

4 ދުވަސް ކުރިން - 13:26

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

7 ދުވަސް ކުރިން - 16:38

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

35 ދުވަސް ކުރިން - 13:57

ވިލިމާލޭގެ ތެލުގެ ދަތިކަމަށް ހައްލެއް: އެފް.އެސް.އެމްގެ އައު ފިއުލް ސްޓޭޝަންގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި އެފް.އެސް.އެމް އިން ގާއިމުކުރާ ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

41 ދުވަސް ކުރިން - 15:48

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތްދޭން ފަށައިފި

52 ދުވަސް ކުރިން - 12:08

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

61 ދުވަސް ކުރިން - 15:22