Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނަމާދު ރަނގަޅުވެއްޖެ މީހާގެ ދެދުނިޔޭގެ ކަންކަން އިސްލާޙުވާނެ: ޝައިޚް މުޙައްމަދު ލަޠީފް

ނަމާދު ރަނގަޅުވެއްޖެ މީހާގެ ދެދުނިޔޭގެ ކަންކަން އިސްލާޙުވާނެ: ޝައިޚް މުޙައްމަދު ލަޠީފް

އައިޝަތު ރުވާ ރިފްޢަތު
481 ދުވަސް ކުރިން - 21 މާޗް 2025 08:43
ނަމާދު ކުރަނީ
ނަމާދު ކުރަނީ
ޚުލާސާ

ގޭތެރޭގައި ނަމާދަށް ދިޔުމަށް ބާރު އެޅުމަށްޓަކައި ބޮޑެތި މީހުންގެ ޣީރަތްީރަތްތެރިކަން ނަމާދާއި މެދު ނެތްކަން ޝައިޚް މުޙައްމަދު ލަޠީފް ފާހަގަކުރެއްވި

ނަމާދާއި މެދު ފަރުވާ ކުޑަކުރާ މީހާއާއި ހަވާލުވާ ހުރިހާކަމަކަށް އޭނާ ފަރުވާ ކުޑަކުރާނެކަމަށާއި، ނަމާދު ރަނގަޅުވެއްޖެ މީހާގެ ދެދުނިޔޭގެ ކަންކަން އިސްލާޙު ވާނެ ކަމަށް މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމްގެ އިސް އިމާމް، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވަމުންގެންދާ ސިލްސިލާ އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ މާތްﷲ ނަމާދު މާތްކުރައްވާފައިވާ ކަމަށާއި ނަމާދަކީ އިސްލާމްދީނުގެ ތަނބުކަމަށެވެ. އަދި ފަރުޟު ކަންކަމުގެ ތެރެއިން ވެސް ނަމާދަކީ އިސްރާއި މިޢުރާޖްގެ މަތިވެރި ދަތުރުފުޅުގައި 7 އުޑުގެ މަތިން ސިދުރަތުލް މުންތަހާގެ މަތިން ގެންދެވުމަށްފަހު އެއްވެސް އިތުރު މެދުވެރިއެއް ނެތި ބާވައިލެއްވި އަޅުކަމެއްކަން ފާހަގަކުރެއްވިއެވެ.

"ނަމާދަކީ އިންސާނާއާއި އޭނާގެ ވެރި ރަސްކަލާނގެއާއި ދެމެދު އޮންނަ އެންމެ ވަރުގަދަ ގުޅުން. އިންސާނާ ﷲއާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތަކީ ނަމާދުގައި ސަޖިދައިގައި އޭނާ ވާވަގުތު. ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާއި ބެހޭގޮތުން. ނަމާދު ރަނގަޅުވެއްޖެނަމަ ދެން ހުރި ހުރިހާކަމެއް ރަނގަޅުވެގެންދޭ." ޝައިޚް ވިދާޅުވިއެވެ.

Advertisement

Advertisement 1

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ މުޖުތަމަޢުގައި މިއަދު ފެންނަނީ ރީތި މިސްކިތްތަކާއެކު ވެސް ނަމާދާއި މެދު އިހުމާލު ވެފައިވާ މަންޒަރުކަ މަށެވެ. އެގޮތުން ނަމާދަށް ބަންގި ގޮވާ ވަގުތު މިސްކިތް ކުރިމަތިން ދާއިރުވެސް ނަމާދަށް ދާން ހިތަށް ނާރާ ކަމަށާއި، ނަމާދު ގަޑި ފަސްދީ ދާއިރުވެސް ކޮފީތަކާއި އެނޫންވެސް މަސައްކަތްތަކުގައި ވަގުތު ބޭކާރުކުރާ މަންޒަރު އާއްމުކަމަށް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ ކީރިތި ރަސޫލާ(ޞ.ޢ.ވ) ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި ވީހިނދުވެސް އެކަލޭގެފާނު އުއްމަތަށް ކުރެއްވި އެންމެ ފަހުގެ ވަޞިއްޔަތަކީ ވެސް ނަމާދަށް ރައްކާތެރިވުމެވެ. އަދި އެކަލޭގެފާނުގެ ސުންނަތުން ސާބިތުވާ އެއްކަމަކީ މުސްލިމު އުއްމަތުގައި ފަރުޟު ކުރެއްވުނު ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ދޫކޮށްލާނެ އެއްޗަކީ އިންސާފަށް ނިޔާކުރުން ކަމަށާއި އަދި އެންމެ ފަހު ދުވަހާއި ހަމައަށް ވެސް ދެމިއޮންނާނެ ފަރުޟަކީ ނަމާދުކަމުގައި ބަޔާންކުރައްވާފައިވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް މުޙައްމަދު ލަޠީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގޭތެރޭގައި ނަމާދަށް ދިޔުމަށް ބާރު އަޅަން ޖެހެއެވެ. މީގެއިތުރުން ފިރިހެނުންގެ ތެރެއިން ގޭގައި ނަމާދުކުރާ މީހުން ރަސޫލާ(ޞ.ޢ.ވ)ގެ ސުންނަތް ދޫކޮށްލާފައިވާ ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ޝައިޚް އިތުރަށް ވިދާޅުވީ ނަމާދު ބާވައިލެއްވުނީ ނަބީކަމާއިގެން ފޮނުއްވިތާ 10 އަހަރު ފަހުންނެވެ. އަދި އެއީ ހިޖުރައިގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ކަމަށެވެ. މިކަމުން ދޭހަވަނީ ނަމާދުގެ މުހިންމުކަމާއި އިސްލާމްދީނުގައި އެކަމަށް ދެވިފައިވާ މަތިވެރި މަޤާމެވެ.

ނިންމާލަމުން ޝައިޚް މުޙައްމަދު ލަޠީފް ގޮވާލެއްވީ ހުރިހާ މުސްލިމުންވެސް ނަމާދުގެ މުހިންމުކަން ދެނެގަނެ، އެކަމަށް ފަރުވާތެރިވުމަށެވެ. އަދި ނަމާދު ރަނގަޅުކޮށްގެން އަޅުގަނޑުމެންގެ ދެދުނިޔޭގެ ކަންކަން އިސްލާޙުކުރުމަށް މަސައްކަތްކުރުމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

18 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

61 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

65 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

72 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

75 ދުވަސް ކުރިން - 18:00

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

83 ދުވަސް ކުރިން - 12:52