އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއަށް އެޑްވާންޓޭޖް އޮތް: ސުޒޭން

އުސްތާޛް މުޙައްމަދު ޢަލީ | 262 ދުވަސް ކުރިން - 13 މާރިޗް 2025 16:34
ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން: ސުޒޭން ވިދާޅުވީ ރާއްޖޭގެ ޓީމާއި ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށް.
ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން: ސުޒޭން ވިދާޅުވީ ރާއްޖޭގެ ޓީމާއި ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށް.
ޚުލާސާ

ސުޒޭން ވިދާޅުވީ ގްރޫޕްގައި ހިމެނޭ ޓީމުތަކަށް ބަލާއިރުވެސް އަދި ހޯމް އެންޑް އަވޭ މެޗުތައް އެތުރިފައިވާ ގޮތުން ވެސް ރާއްޖެއަށް އެޑްވާންޓޭޖް އޮތް ކަމަށް.

މި މަހު ފެށޭ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއަށް އެޑްވާންޓޭޖް އޮތް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ވިދާޅުވެއްޖެއެވެ.

ކޮލިފިކޭޝަނަށް ރާއްޖެއިން ތައްޔާރުވަމުންދާއިރު، ސުޒޭން ވަނީ ކުޅުންތެރިންގެ ފިޓްނަސް ފެންވަރާއި މެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖެ ބައްދަލުކުރާނީ މި މަހުގެ 25 ވަނަ ދުވަހު ފިލިޕީންސާއެވެ. އެ މެޗުގެ ކުރިން، އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ސުޒޭން ވިދާޅުވީ ގްރޫޕްގައި ހިމެނޭ ޓީމުތަކަށް ބަލާއިރުވެސް އަދި ހޯމް އެންޑް އަވޭ މެޗުތައް އެތުރިފައިވާ ގޮތުން ވެސް ރާއްޖެއަށް އެޑްވާންޓޭޖް އޮތް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފިލިޕީންސްއަކީ ރާއްޖެއަށްވުރެ މާ ތަފާތު ޓީމެއް ނޫނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ ތިން ޓީމާއި ކުރިންވެސް ރާއްޖެ ވަނީ ކުޅެފައެވެ. 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލްގައި ފިލިޕީންސްއާއި ދެކޮޅަށް ރާއްޖެ ކުޅެ 3-2 އިން ބަލިވިއެވެ. އަދި 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން ވީ އެއްވަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%