Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަޒްމިރާލްދާ، ޙަޤީޤަތް އޮޅުވާލައި ސިޔާސީ ކުރާކަމުގެ ތުހުމަތު

އަޒްމިރާލްދާ، ޙަޤީޤަތް އޮޅުވާލައި ސިޔާސީ ކުރާކަމުގެ ތުހުމަތު

ހުސައިން އިސްމާއިލް
500 ދުވަސް ކުރިން - 13 މާޗް 2025 10:15
އަޒްމިރާލްދާ ޒާހިރު: ޖޭއެސްސީއަށް ޖާވާބުދާރީ ވާން ޖެހޭނީ ފަނޑިޔާރު ކަމަށާއި ވަކީލެއް ނޫން ކަމަށް ޖޭއެސްސީން ބުނޭ.
އަޒްމިރާލްދާ ޒާހިރު: ޖޭއެސްސީއަށް ޖާވާބުދާރީ ވާން ޖެހޭނީ ފަނޑިޔާރު ކަމަށާއި ވަކީލެއް ނޫން ކަމަށް ޖޭއެސްސީން ބުނޭ.
ޚުލާސާ

ޖޭއެސްސީން ފަނޑިޔާރު އަޒްމިރަލްޑާ ސަސްޕެންޑް ކުރަން ނިންމުމުގެ ކުރިން ޖަވާބުދާރީވެ ގާނޫނީ ލަފާ ހޯދުމުގެ އެތައް ފުރުސަތުތަކެއް ދީފައިވޭ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ސަސްޕެންޑް ކުރި މައްސަލަ އަކީ ސިޔާސީ ކަމެއްގެ ގޮތުގައި ޤައުމަށް ދައްކައި ސަރުކާރާއި މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުކުރުމަށް ޑރ. އަޒްމިރާލްދާ ޒާހިރު ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށް ތުހުމަތު ކުރެވެއެވެ.

އަޒްމިރާލްދާ ސަސްޕެންޑް ކުރެއްވީ ސުލޫކީ މައްސަލައެއްގައެވެ. ފިރިކަލުން މަސާޖްޕާލާއަކުން ހައްޔަރު ކުރުމުގެ ސަބަަބުން އެކަމުގައި ކްރިމަނަލް ކޯޓަށް ނުފޫޒު ފޯރުވައި އޭނާގެ ފިރިކަލުންގެ މައްސަލަ “އޮއްބާލަން” މަސައްކަތް ކުރިކަމަށް ތުހުމަތު ކުރެވޭތީ ނުވަތަ އެކަމުގައި ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާތާތީ އާއި ވެސް އެކުގައެވެ.

މި މައްސަލަ ޖެހުމާއެކު އަޒްމިރަލްދާ މިހާރު ގެންދަވަނީ ސަރުކާރުގެ މުއައްސަސާތަކުގެ އަގު ވައްޓަލުމަށް ސިޔާސީ ގޮތުން މަސައްކަތް ކުރަމުން ކަމަށް ސިފަ ވެއެވެ. އެގޮތުން އަޒްމިރާލްދާގެ މައްސަލައެއް ބަލަމުންދާކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖޭއެސްސީއަށް އެންގެވުމާއެކު އަޒްމިރާލްދާ ގެންދަވަނީ އޭސީސީގެ ބޭފުޅުން “ކަތިލައްވަމުން”ނެވެ.

Advertisement

Advertisement 1

ދެން އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ޖޭއެސްސީއަށް އަޒްމިރާލްދާ ހާޒިރުކުރުމުގައި ކަން ވީ ގޮތެވެ.

އަޒްމިރާލްދާގެ ފަރާތުން ބަސް ވިދާޅުވާ އޭނާގެ ވަކީލު ވިދާޅުވީ އޭނާގެ މުވައްކިލު އަޒްމިރާލްދާ ޒާހިރު މަޤާމުން ސަސްޕެންޑް ކުރެއްވީ އެއްވެސް ހެއްކެއް ނެތި، ނެތް އެއްޗެއް އުފަންކޮށްގެން ކަމަށާއި އަދި ޖޭއެސްސީގައި އަޒްމިރާލްދާގެ ދިފާޢުގައި ވާހަކަ ވެސް ދެއްކުމަށް ފުރުސަތު ނުދިން ކަމަށެވެ.

އަޒްމިރާލްދާ ދަނީ މި މައްސަލަ ފެށުނީއްސުރެ އެކި ގޮތްގޮތަށް ވާހަކަ ދައްކަވަމުންނެވެ.

މިކަމާއި ގުޅިގެން ޖޭއެސްސީން ބުނީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ލިބިދޭންޖެހޭ އެންމެ ފުރިހަމައަށް އަޒްމިރާލްދާ އަށް އޭނާގެ ވަކީލާއި މަޝްވަރާ ކުރުމަށް ފުރުޞަތު ދީފައިވާ ކަމަށެވެ.

ޖޭއެސްސީން ސާފުކޮށްދެއްވީ، ޤާނޫނުގައި އޮންނަ ފަދައިން އެފަދަ މައްސަލަ ތަކުގައި އެ ކޮމިޝަނަށް ޖަވާބުދާރީ ވާންޖެހޭނީ މައްސަލައިގައި ސީދާ ޝާމިލްވާ ފަރާތް ނުވަތަ ފަނޑިޔާރު އަޒްމިރާލްދާ ކަމެވެ. ފަހަރެއްގައިވެސް ވަކީލެއް ނޫނެވެ.

އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގައި ތަހުގީގު ކުރަމުންދާ ފަނޑިޔާރަކު އެމީހެއްގެ ވަކީލާއި މަޝްވަރާ ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް ވަކީލަށް ސީދާ އިންކުއަރީ ކޮމިޓީއަށް ޖަވާބުދާރީވުމުގެ ހުއްދައެއް ނުދެވޭނެއެވެ. މިއީ ތަޙްޤީޤް ކުރާ ހުރިހާ އިދާރާތަކުން ވެސް ޢަމަލުކުރާ ސްޓޭންޑަޑް ޕްރޮސީޖަރެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރި އެވެ.

އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރަން ނިންމުމުގެ ކުރިން ޖަވާބުދާރީވެ ޤާނޫނީ ލަފާ ހޯދުމުގެ އެތައް ފުރުސަތުތަކެއް ދީފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ. އެ ކޮމިޝަނުން ތަކުރާރުކޮށް ބުނެފައި ވަނީ ހުރިހާ އިޖުރާއަތްތަކެއް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކާއި އެއްގޮތަށެވެ.

މިއަށް ރައްދު ދެއްވަމުން އަޒްމިރާލްދާގެ ފަރާތުން ވަކާލާތު ކުރައްވާ އޭނާގެ ވަކީލް އިބްރާހިމް ޝަމީލް އެކްސް ގައި ލިޔުއްވާފައިވާ ގޮތުގައި އަޒްމިރާލްދާގެ މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީން ފަނޑިޔާރާ ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބު ދީފައި ނުވާ ކަމަށާއި އެއިން ސުވާލަކަށް ޖަވާބު ދޭން ވެސް އެދިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

އަޒްމިރާލްދާ ދައްކަން ބޭނުންވަނީ ސަސްޕެންޑް ކުރުމުގައި އޭނާއާއި ބެހޭ ގޮތުން ސަރުކާރުގެ ކޮމިޝަންތަކުން ހައްދަވަނީ ދޮގު ކަމަށެވެ.

އަޒްމިރާލްދާޝަރުޢީ ދާއިރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަހާޒް އާއި އަޒްމިރާލްދާ މަޤާމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ވަކިކޮށްފި

438 ދުވަސް ކުރިން - 13:25

ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން މަގާމުން ވަކިކުރުން މާދަމައަށް އެޖެންޑާ ކޮށްފި

ދެފަނޑިޔާރުން މަގާމުން ވަކިކުރުން މާދަމައަށް އެޖެންޑާ ކޮށްފި

447 ދުވަސް ކުރިން - 00:03

ސުލޫކާއި ޚިލާފުވި ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ކޮމެޓީން ފާސްކޮށްފި

ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ފާސްކޮށްފި

448 ދުވަސް ކުރިން - 15:35

ނުފޫޒު ފޯރުވިކަމަށް ބުނާ ދެފަނޑިޔާރުންގެ ފަހު އަޑުއެހުން މާދަމާ

ނުފޫޒު ފޯރުވި ދެފަނޑިޔާރުންގެ ފަހު އަޑުއެހުން މާދަމާ

470 ދުވަސް ކުރިން - 15:37

އަޒްމިރާލްދާގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ފަށައިފި

އަޒްމިރާލްދާގެ އިތުރު މައްސަލައެއް ބަލަން ފަށައިފި

494 ދުވަސް ކުރިން - 09:08

މިއީ ޝަރުޢީ ދާއިރާގެ އިތުބާރަށް ނުރައްކަލެއް!

މިއީ ޝަރުޢީ ދާއިރާގެ އިތުބާރަށް ނުރައްކަލެއް!

499 ދުވަސް ކުރިން - 17:52