މެންޗެސްޓާ ޔުނައިޓެޑުން 1 ލައްކަ މީހުންނަށް ވަދެވޭ ސްޓޭޑިއަމެއް އަޅަން ނިންމައިފި

އުސްތާޛް މުޙައްމަދު ޢަލީ | 221 ދުވަސް ކުރިން - 12 މާރިޗް 2025 07:29
މެންޗެސްޓަރ ޔުނައިޓެޑުން ޢިމާރާތްކުރަން އިޢުލާންކުރި އައު ސްޓޭޑިއަމްގެ ފޮޓޯއެއް. މި މަޝްރޫއަށް 2 ބިލިއަން ޕައުންޑް ޚަރަދުވާނެ. / ފޮޓޯ: މެންޔޫ.
މެންޗެސްޓަރ ޔުނައިޓެޑުން ޢިމާރާތްކުރަން އިޢުލާންކުރި އައު ސްޓޭޑިއަމްގެ ފޮޓޯއެއް. މި މަޝްރޫއަށް 2 ބިލިއަން ޕައުންޑް ޚަރަދުވާނެ. / ފޮޓޯ: މެންޔޫ.
ޚުލާސާ

މެންޗެސްޓާ ޔުނައިޓެޑުން 2 ބިލިއަން ޕައުންޑް ޚަރަދުކޮށްގެން، 100،000 ކެޕޭސިޓީގެ ސްޓޭޑިއަމެއް އެޅުމަށް ރާވާފައިވާކަން އިއުލާންކޮށްފި. މިހާރު އެމީހުންގެ ދަނޑުގެ ކެޕޭސިޓީއަކީ 74،140 ގޮނޑި.



މެންޗެސްޓަރ ޔުނައިޓެޑުން ޢިމާރާތްކުރަން އިޢުލާންކުރި ސްޓޭޑިއަމްގެ “ޕްލޭން”. / ފޮޓޯ: މެންޔޫ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ފުޓްބޯޅަ ދަނޑުގެ ޝަރަފް ލިބިފައިވާ މެންޗެސްޓާ ޔުނައިޓެޑުން، ޒަމާނީ 100،000 މީހުންގެ ޖާގައިގެ ދަނޑެއް އޯލްޑް ޓްރެފޯޑް ކައިރީގައި އަޅަން ރާވާފައިވާކަން އިޢުލާން ކޮށްފިއެވެ. މި މަޝްރޫއަށް 2 ބިލިއަން ޕައުންޑް ޚަރަދުވާނެ ކަމަށް ކޯއޯނަރު ސަރ ޖިމް ރެޓްކްލިފް ބުންޏެވެ. އޭރުން މިއީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ދަނޑަށް ވާނެ ކަމަށް އޭނާ ބުންޏެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ޢިމާރާތްކުރަން އިޢުލާންކުރި އައު ސްޓޭޑިއަމްގެ ކުރެހުމެއް. މި މަޝްރޫއަށް 2 ބިލިއަން ޕައުންޑް ޚަރަދުވާނެ. މަޝްރޫޢު ފެށޭނެ ދުވަހެއް އަދި އިޢުލާނެއް ނުކުރޭ. / ފޮޓޯ: މެންޔޫ.

މި އައު ދަނޑަކީ އިނގިރޭސިވިލާތުގެ “އޯލްޑް ޓްރެފޯޑް ރިޖެނެރޭޝަން މަޝްރޫއު” ގެ ބައެކެވެ. މިހާރުގެ ދަނޑަށް 115 އަހަރު ވެފައިވާއިރު އައު ސްޓޭޑިއަމް ހަދައި ނިމުމުން އޯލްޑް ޓްރެފޯޑް ތަޅާލުން އެކަށީގެންވެ އެވެ.

ރެޓްކްލިފް އުންމީދު ކުރަނީ ފަސް އަހަރު ތެރޭގައި އެތަން ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތް ފަށާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ޢިމާރާތްކުރަން އިޢުލާންކުރި އައު ސްޓޭޑިއަމްގެ ކުރެހުމެއް. މި މަޝްރޫއަށް 2 ބިލިއަން ޕައުންޑް ޚަރަދުވާނެ. މަޝްރޫޢު ފެށޭނެ ދުވަހެއް އަދި އިޢުލާނެއް ނުކުރޭ. / ފޮޓޯ: މެންޔޫ.

މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑަރީ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން ވަނީ މިކަމަށް މަރުޙަބާ ކިޔާފައެވެ.

ފާގަސަން އަކީ 1986 އިން 2013 އަށް މެންޗެސްޓާ ޔުނައިޓެޑް މެނޭޖްކޮށް، 13 ޕްރިމިއާ ލީގު ތަށި، 2 ޗެމްޕިއަންސް ލީގު ތަށި، 5 އެފްއޭ ކަޕް، އަދިވެސް ވަރަށްނގިނަ ޝަރަފުތަކެއް ހޯދާފައިވާ ލެޖެންޑެކެވެ. އޭނާ ބ\ވަނީ “މުސްތަގުބަލަށް ފިޓް” ދަނޑެއް އެޅުމުގައި “ހިތްވަރުގަދަ” ކުރުމަށް އިލްތިމާސްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%