ޔޫރޮޕާ ލީގުގައި އަލްކްމަރ އަތުން ޓޮޓްނަމް ބަލިވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 227 ދުވަސް ކުރިން - 7 މާރިޗް 2025 09:05
ޓޮޓްނަ،ްހެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަނުމަށް އަލްކަރާޒްގެ ކުޅުންތެރިޔަކު މަސައްކަތް ކުރާއިރު އޭނާއަށް ޓޮޓްނަމްގެ ޑިފެންޑަރަކު ހުރަސް އަޅަނީ.
ޓޮޓްނަ،ްހެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަނުމަށް އަލްކަރާޒްގެ ކުޅުންތެރިޔަކު މަސައްކަތް ކުރާއިރު އޭނާއަށް ޓޮޓްނަމްގެ ޑިފެންޑަރަކު ހުރަސް އަޅަނީ.
ޚުލާސާ

ނެދަލަންޑްސްގައި ކުޅުނު މި މެޗުގައި ޓޮޓްނަމްގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނުނުއިރު އެޓީމު ބަލިވީ 0-1 ލަނޑުން.

ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ނެދަލަންޑްސްގެ އަލްކްމަރ އަތުން 1-0 ގެ ނަތީޖާއަކުން އިނގިރޭސި ކްލަބް ޓޮޓްނަމް ހޮޓްސްޕަރ ބަލިވެއްޖެއެވެ.

ނެދަލަންޑްސްގައި ކުޅުނު މި މެޗުގައި ޓޮޓްނަމްގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނިގެން ދިޔައިރު. މުޅި މެޗުގައި އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް ޓޮޓްނަމްއަށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލައެކެވެ.

މެޗުގެ 18 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ ޒުވާން ކުޅުންތެރިޔާ ލޫކަސް ބާރޖްވަލްގެ އަތުން ބައިކޮޅަށް ވަން ލަނޑާއެކު މި މެޗުން އަލްކްމާރ އަށް ކުރި ލިބުނެވެ. މި ލަނޑަށްފަހު ވެސް އަލްކްމަރއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ތިން ފުރުސަތެއް ލިބިފައެވެ. އޭގެ ތެރޭގައި ޓޮޓްނަމްގެ ކުރީގެ ފޯވަޑް ޕެރޮޓް ފޮނުވާލި ނުރައްކާތެރި ހަމަލައެއްވެސް ހިމެނެއެވެ.

ޓޮޓްނަމްގެ ކޯޗު އެންޖެ ޕޮސްޓެކޮގްލޫ ބުނީ، ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށާއި އަންނަ ހަފްތާގެ މެޗުގައި މިއަށްވުރެ މާ ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށެވެ.

ޓޮޓްނަމްއިން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކޯޗު ޕޮސްޓެކޮގްލޫޓެކޮގްލޫ ވަނީ ދެވަނަ ހާފުގައި ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަނިޔާގައި ހަތް ހަފްތާ ހުރުމަށްފަހު އަލުން ކުޅެން ނިކުތް ޑޮމިނިކް ސޮލާންކޭ ވަނީ ކުޅެން އެރުވިތާ 20 މިނިޓު ފަހުން ބަދަލުކުރަން ޖެހިފައެވެ.

އަންނަ ހަފްތާގައި ލަންޑަނުގައި ބޭއްވޭ ދެވަނަ ލެގުގައި ދެ ޓީމު އަލުން ބައްދަލުކުރާނެއެވެ. އެ މެޗުގައި ޓޮޓްނަމްގެ ރޮޑްރިގޯ ބެންޓަންކޫރަށް ތިން ރީނދޫ ކާޑު ހަމަވެފައިވާތީ ނުކުޅެވޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%