މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕަރ އިން 17 އަހަރުގެ ފަޅުކަމަށް ނިމުމެއް ގެނެސް، ޔުއެފާ ޔޫރޮޕާ ލީގުގެ ތަށި އުފުލައިފިއެވެ. ރޭ ސްޕެއިންގެ ބިލްބާއޯގައި ކުޅުނު ފައިނަލް މެޗުގައި ޓޮޓެންހަމް އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރީ 1-0 އިންނެވެ. މިއީ 2008 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް އެ ޓީމަށް ލިބުނު މޭޖަރ ތައްޓެވެ.
ރޭ ކުޅުނު މެޗުގައި ޓޮޓެންހަމްގެ މިޑްފިލްޑަރު ސެނެގާލްގެ މިޑްފިލްޑަރު ޕެޕޭ މާޓާ ބޯޅަ ފޮނުވާލަނީ: އޭނާ ރޭ މޮޅު ކުޅުމެއް ކުޅުނު.
ޔުނައިޓެޑް ބަލިކޮށް ތަށި ހޯދައި، ޓޮޓެންހަމުން ޗެމްޕިއަންސްލީގަށް
މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވޭލްސް ފޯވާޑް ބްރެނަން ޖޯންސަން ވައްދާލިއިރު، މި ގޯލަށް ފަހު ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ގެންގުޅެ އެޓޭކް އުފެއްދި ނަމަވެސް، ޓޮޓެންހަމުން ޑިފެންސަށް އިސްކަންދީގެން ކުޅެ، ލީޑް ހިފަހައްޓައި މެޗު ކާމިޔާބުކުރިއެވެ.
ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމުން ޔޫރޮޕާ ތަށި ލިބުމުން އުފާފާޅުކުރަނީ..
މިއީ 1984 ވަނަ އަހަރު ޔޫރޮޕާ ލީގު ނުވަތަ އޭރުގެ ޔުއެފާ ކަޕް ކާމިޔާބުކުރި ފަހުން ޓޮޓެންހަމްއިން އުފުލާލި ޔޫރަޕުގެ ފުރަތަމަ ތަށްޓެވެ. މި ކާމިޔާބީއާއެކު ޓޮޓެންހަމްއަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
ޓޮޓެންހަމްގެ ކެޕްޓަން ސޮން ހެއުން-މިން އަށް މިއީ އެ ޓީމާއެކު ހޯދުނު ފުރަތަމަ ތަށްޓެވެ. އޭނާ ވަނީ 2015 އިން ފެށިގެން ޓޮޓެންހަމްއަށް ވަފާތެރިކަމާއެކު ކުޅެމުން އަންނަތާ އަށް އަހަރު ވެފައެވެ.