Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފެނަބާޗޭއިން ޔުނައިޓެޑް ހިފެހެއްޓިއިރު މޮރީނިއޯއަށް ރަތްކާޑެއް!

ފެނަބާޗޭއިން ޔުނައިޓެޑް ހިފެހެއްޓިއިރު މޮރީނިއޯއަށް ރަތްކާޑެއް!

އުސްތާޛް މުޙައްމަދު ޢަލީ
594 ދުވަސް ކުރިން - 25 އޮކްޓޫބަރު 2024 11:45
ފެނަބާޗޭއިން ޔުނައިޓެޑް ހިފެހެއްޓިއިރު މޮރީނިއޯއަށް ރަތްކާޑެއް!
ޚުލާސާ

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ތުރްކިއޭގެ ފެނަބާޗޭއާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ލަނޑެއް ޖަހައިފައި ވަނިކޮށް ފަހަތުން އަރައި ފެނަބަޗޭ 1-1 އިން އެއްވަރުކޮށްފި. މޮރީނިއޯއަށް ރަތްކާޑު ދެއްކީ ޕެނަލްޓީއަކަށް އެޕީލްކޮށް ރެފްރީއަށް ފާޑުކިޔުމުން.

އެރިކްސަން ލަނޑ ޖެހުމަށްފަހު އުފާފާޅުކުރާއިރު ކައިރީގައި ރަޝްފޯޑް

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗެއްގައި މެންޗެސްޓާ ޔުނައިޓެޑުން ލަނޑެއް ޖަހައިފައިވަނިކޮށް ތުރްކިޔޭގެ ފެނެބާޗޭއިން އެއްވަރުކޮށްފިއެވެ.

Advertisement

Advertisement 1

ގާތްގަނޑަކަށް ހަމަހަމަ ކުޅުމެއް ފެނުނު މެޗުގެ 15 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ޔުނައިޓެޑަށް ލަނޑު ޖަހައިދިން ނަމަވެސް، ދެވަނަ ހާފް ފެށިގެން އެންމެ ހަތަރު މިނެޓްތެރޭ ފެނަބަޗޭގެ ޔޫސުފް އެންނަސޭރީ ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްދީފައެވެ.

ގިނަ ފައުލްތައް ފެނިގެންދިޔަ މެޗަށް ބޮޑު ބަދަލެއް އައީ ފެނަބަޗޭގެ ހެޑް ކޯޗު ހޯސޭ މޮރީނިއޯ އަށް ދެއްކި ރަތްކާޑަކުންނެވެ. މެޗު ފެށިގެންވެސް ރެފްރީގެ ނިންމުންތަކާއިމެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ މޮރީނިއޯއަށް ފްރާންސްގެ ރެފްރީ ކްލެމެންޓް ޓާޕިން ރަތްކާޑު ދެއްކީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ޔުނައިޓެޑްގެ މެނުއެލް އުގާޓޭ އޭރިޔާ ތެރެއިން ފެނަބާޗޭގެ އޮސާއީ ސެމުއެލްއަށް ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ދީފައިނުވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. ޔޫއެފާގެ އޮފިޝަލުންނަށް މޮރީނިއޯގެ ހިތްހަމަނުޖެހުންތަކަކީ އާ ކަމެއް ނޫނެވެ.

ފެނެބާޗޭގެ ކޯޗު މޮރީނިއޯ އަށް ރަތްކާޑު ދައްކައި ފޮނުވާލަނީ.

ޔޫރޮޕާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން މިހާތަނަށް ކުޅުނު 3 މެޗުވެސް ވީ އެއްވަރެވެ. އެ ޓީމު އޮތީ 36 ޓީމު ވާދަކުރާ މުބާރާތުގެ 21 ވަނައިގައެވެ. ފެނަބާޗޭ ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް ދެމެޗުން އެއްވަރުކޮށްފައެވެ. އެޓީމު އޮތީ ފަސްޕޮއިންޓާއެކު 14 ވަނައިގައެވެ. އެއްވަނައިގައި އޮތީ ކުޅުނު ތިންމެޗުން 9 ޕޮއިންޓް ހޯދި އިޓަލީގެ ލާޒިއޯއެވެ.

ޔޫރޮޕާ ލީގުމެންޗެސްޓަރ ޔުނައިޓެޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބުރޫނޯ ފެނާންޑޭޒް

18 ދުވަސް ކުރިން - 22:38

މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔުނައިޓެޑުން ކަށަވަރުކޮށްފި

38 ދުވަސް ކުރިން - 08:42

މިލާންގެ ފޯވާޑް ރަފައެލް ލިއާއޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުންދަނީ

ލިއާއޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުންދަނީ

44 ދުވަސް ކުރިން - 09:03

ކަސެމީރޯ އާއި ސެސްކޯގެ ލަނޑުތަކުން ޔުނައިޓެޑް ޗެމްޕިއަންސް ލީގު ޖާގައެއް ކަށަވަރުކުރުމާ ގާތަށް

ޔުނައިޓެޑް ޗެމްޕިއަންސް ލީގު ކަށަވަރުކުރުމާ ގާތަށް

44 ދުވަސް ކުރިން - 08:56

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީއަށް ޕޮއިންޓެއް ނުލިބުނު

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީއަށް ޕޮއިންޓެއް ނުލިބުނު

52 ދުވަސް ކުރިން - 23:59

ޗެލްސީ އާއި ލިވަޕޫލް ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވެއްޖެ

ޕްރިމިއާ ލީގުގެ ބޮޑެތި ބާރުތަކަށް ހިތާމަވެރި ރެޔެއް

81 ދުވަސް ކުރިން - 02:30