ފޮންސެކާ 9 މަހަށް ސަސްޕެންޑް ކޮށްފާނެ ކަމުގެ ބިރު

އުސްތާޛް މުޙައްމަދު ޢަލީ | 228 ދުވަސް ކުރިން - 5 މާރިޗް 2025 09:55
ފޮންސެކާ ރެފްރީއާއި ކުރިމަތިލަނީ: މައްސަލަ އޮތީ ޑިސިޕްލިނަރީ ކޮމެޓީގައި.
ފޮންސެކާ ރެފްރީއާއި ކުރިމަތިލަނީ: މައްސަލަ އޮތީ ޑިސިޕްލިނަރީ ކޮމެޓީގައި.
ޚުލާސާ

ބްރެސްޓް އަތުން 2-1 އިން އޮލިމްޕިކް ލިޔޯން މޮޅުވި މެޗުގައި، ފޮންސެކާ ރުޅި އައިސް ރެފްރީއާއި ކުރުމަތިލި މައްސަލައިގައި ގަވާއިދު ބުނާގޮތުން 9 މަސްދުވަހުގެ އަދަބެއް ލިބިދާނެ.

ބްރެސްޓް އަތުން 2-1 އިން ލިޔޯން މޮޅުވި މެޗުގައި ރެފްރީ ބަސްޓިއަން މިލޮޓްއާ އެކު ހިނގި ކުރިމަތިލުމަކަށް ފަހު އޮލިމްޕިކް ލިޔޯންގެ ކޯޗު ޕައުލޯ ފޮންސެކާ އަށް ނުވަމަސް ދުވަހުގެ ސަސްޕެންޝަނެއް ކުރިމަތިވެދާނެ އެވެ. ޕޯޗުގަލްގެ ކޯޗު ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ލީގު ޑި ފުޓްބޯޅަ ޕްރޮފެޝަނަލް (އެލްއެފްޕީ) އިން ހާޒިރުކޮށްފައިވާއިރު، ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ބްރެސްޓް އަތުން 2-1 އިން އޮލިމްޕިކް ލިޔޯން މޮޅުވި މެޗުގައި ބްރެސްޓްގެ ކުޅުންތެރިން ވަނީ ލިޔޯންގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ޕެނަލްޓީއަކަށް އެޕީލް ކޮށްފައެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ޗެކު ކުރުމަށް ނިންމުމުން ރެފްރީ ބެނޮއިޓް މިލޮޓް ވަނީ ކުޅުން ރިވިއުކޮށްފަ އެވެ.

މި މެޗުގައި ލިޔޯންގެ ކޯޗު ޕައުލޯ ފޮންސެކާ ވަނީ ރެފްރީ މިލޮޓްއާ ކުރިމަތިލާފައެވެ. ދެމީހުން ކުޑަކޮށް ބޮލާއި ބޯ ޖެހޭ ހިސާބަށް ދިޔައެވެ. އެ ކަމުގެ ސަބަބުން ރެފްރީ ވަނީ ފޮންސެކާއަށް ރަތް ކާޑު ދައްކާފާއެވެ.

މިފަދަ އަމަލަކީ ލީގު ޑި ފުޓްބޯޅަ ޕްރޮފެޝަނަލް (އެލްއެފްޕީ)ގެ 8 ވަނަ މާއްދާގެ ދަށުން "ބިރުދެއްކުމުގެ ނުވަތަ އިންޒާރުދިނުން" ކަމަށް ބެލެވޭއިރު، ހަތް މަސް ދުވަހުގެ ސަސްޕެންޝަނެއް އާދެއެވެ. ފޮންސެކާ ވަނީ އެ ހާދިސާއާއި ގުޅިގެން މަޢާފަށް އެދިފައިވެސް މެއެވެ.

އެލްއެފްޕީގެ ޑިސިޕްލިނަރީ ކޮމިޓީން މި ހާދިސާ މުރާޖައާ ކުރާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%