މާލެ ސަރަހައްދަށް ރެޔާއި އިއްޔެ ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެ، ހިނގައިބިނގާވެ އުޅުމަށް ދަތިވުމުގެ ސަބަބުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އައުޓް ޕޭޝަންޓުގެ ހިދުމަތް ނުވަތަ އޯޕީޑީ މިއަދަށް ބަންދުކޮށްފި އެވެ.
އައިޖީއެމްއެޗުން ބުނީ އެ ހަތަރު ހޮސްޕިޓަލުގެ އޯޕީޑީ ބަންދުވި ނަމަވެސް އައިޕީޑީގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށެވެ.
އޯޕީޑީ ބަންދުކުރީ ހޮސްޕިޓަލްތައް ހުންނަ ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވުމުގެ ސަބަބުން ބަލި މީހުންނަށް އެ ތަންތަނަށް ވަދެނުކުތުމުގައި ތަކުލީފަކަށް ވާނެތީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، މާލެ އާއި ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، އާންމުންނަށް ދަތިތަކާއި ކުރިމަތިވެފައި ވާތީވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.









