Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަސް ވަޒީރުންނާއެކު "އަހާ" ފޯރަމްގެ އިތުރު ބުރެއް މިރޭ

ފަސް ވަޒީރުންނާއެކު "އަހާ" ފޯރަމްގެ އިތުރު ބުރެއް މިރޭ

އައިޝަތު ރުވާ ރިފްޢަތު
588 ދުވަސް ކުރިން - 15 ފެބްރުއަރީ 2025 11:26
ކުރީގެ ބޭއްވި "އަހާ" ފޯރަމް/ ފޮޓޯ: ރައީސް އޮފީސް
ކުރީގެ ބޭއްވި "އަހާ" ފޯރަމް/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިރޭ 21:00 ގައި އޮންނަ "އަހާ" ފޯރަމަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އެކަންކަމާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ފޯރަމެއް.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފަސް ވަޒީރުންނާއެކު "އަހާ" ފޯރަމްގެ އިތުރު ބުރެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ފޯރަމް މިރޭ 21:00 ގައި އޮންނާނެ ކަމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ވަނީ ހާމަ ކޮށްފައެވެ.

"އަހާ" ފޯރަމަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމްގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

Advertisement

Advertisement 1

މިރޭ ބޭއްވޭ ފޯރަމްގެ ހަތަރުވަނަ ބުރުގައި ބައިވެރިވާ ވަޒީރުންނަކީ:

1. އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

2. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު

3. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

4. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

5. ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް

ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރީޢާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެހުމަށްފަހު، ހުސްތަންކޮޅެއް ދޫކޮށް، ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.

މި ފޯރަމްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވާ ފޯރަމްއެކެވެ. މި ފޯރަމްގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުގެ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު ސީދާ ވަޒީރުންގެ އަރިހުން ލިބި، އެ ބޭފުޅުންނާ ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ރައީސް އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

583 ދުވަސް ކުރިން - 20:42

ދޮގު ޚަބަރު ފަތުރާ ނޫހަކާއިމެދު ފިޔަވަޅު އެޅުމަށް ރައީސް އޮފީހުން ނިންމައިފި

ދޮގު ފަތުރާ ނޫހަކާއިމެދު ފިޔަވަޅު އެޅުމަށް ނިންމައިފި

585 ދުވަސް ކުރިން - 16:14

ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑި ހާމަކޮށްފި

ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑި ހާމަކޮށްފި

585 ދުވަސް ކުރިން - 13:26

އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ރައީސް ކަނޑައަޅުއްވައިފި

އާސަންދައިގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް

585 ދުވަސް ކުރިން - 13:21

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވާލަނީ

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހަޅަން ހުޅުވާލަނީ

592 ދުވަސް ކުރިން - 15:10

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ހަރަދު ކުޑަކުރުމަށް މަޖިލީހަށް ފޮނުވައިފި

594 ދުވަސް ކުރިން - 01:38